logo

އެފްއޭއެމްގެ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަނީ

profile

އަހުމަދު ޒަލީފު - 01 ފެބްރުއަރީ 2024 - 22:03

އެފްއޭއެމް ހިންގާ އިމާރާތް

އެފްއޭއެމް ހިންގާ އިމާރާތް

އެފްއޭއެމުން ހަދަންޖެހޭ ކޮމިޓީތައް އެކުލަވާލަން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން އެ އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.

ޖުލައި 2020 ގައި ބޭއްވި ކޮންގްރެސް އަށްފަހު ހަތަރު އަހަރަށް އެކުލަވާލާ ކޮމިޓީތައް އެފްއޭއެމްގައި ހުރީ ނުހަދައެވެ. މިގޮތުން އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ބުނާ ޖުޑިޝަލް ކޮމިޓީތައް ކަމުގައިވާ އިސްތިއުނާފް ކޮމިޓީއާއި އެތިކްސް ކޮމިޓީ އާއި ޑިސިޕްލިނަރީ ކޮމިޓީ ވެސް އެކުލަވާނުލައި ހުރިކަން އެފްއޭއެމްގެ އިންތިޚާބަށް ތައްޔާރުވުމުގެ ތެރޭގައި ވަނީ ހާމަވެފައެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވަން ފޯމް ހުށަހަޅާފައިވާ އަހުމަދު ތޯރިގު (ޓޮމް) ގެ ކެންޑިޑެންސީ ބާތިލްކުރުމުން އިސްތިއުނާފުކުރުމަށް ބެލިއިރު އިސްތިއުނާފު ކޮމިތީ ނެތުމުން, އިންތިޚާބުގެ ކަންކަން އޮތީ މަޑުޖެހިފައެވެ. އެފްއޭއެމް އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅާފައިއޮތް ތާރީޚަކީ 31 ޖެނުއަރީ 2024 އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ، އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެޖެންޑާގެ ހަތްވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން ޖުޑިޝަލް ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމީޓީތަކަށް މެންބަރުން އައްޔަން ކުރާނެ އެވެ. އެޖެންޑާގެ އަށްވަނަ ނަންބަރުގައި ބުނެފައި ވަނީ އިލެކްޓޯރަލް ކޮމިޓީ އަދި އިލެކްޓޯރަލް އެޕީލްސް ކޮމިޓީއަށް މެންބަރުން އައްޔަން ކުރުން ހިމެނޭ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގެ ކުރިން ކުރަންޖެހޭ ކަންކަން ކޮންގްރެސްގައި ނިންމާއިރު, އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތުކުރެވޭ 2 މައްސަލައެއް ޕީޖީން ވަނީ މިއަދު ކްރިމިނަލް ކޯޓަށް ދަޢުވާކުރުމަށް ފޮނުވާފައެވެ.

tel:+9607331319