logo

އެފްއޭއެމްގެ އިންތިހާބު މަޑު ޖައްސާލަން އަންގައިފި

profile

އަހުމަދު ޒަލީފު - 22 މާރިޗު 2024 - 08:42

އެފްއޭއެމް ހިންގާ އިމާރާތް

އެފްއޭއެމް ހިންގާ އިމާރާތް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްގެ އިންތިހާބު މަޑު ޖައްސާލަން ފުޓުބޯޅައިގެ ބައިނަލްއަގްވާމީ މައި އިދާރާ ފީފާ އަދި އޭޝިޔާގެ ފުޓުބޯޅަ މައި އިދާރާ އޭއެފްސީން އަންގައިފިއެވެ.

އެފްއޭއެމްގެ އެކްޓިންގ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައިޝަން ވިދާޅުވީ އެފްއޭއެމް އާއި ގުޅޭ ގިނަ ޝަކުވާތަކެއް ފީފާގެ މައި އިދާރާއަށް ލިބިފައިވާތީ އެކަންކަން ބެލެންދެން އެފްއޭއެމްގެ އިންތިހާބު މަޑު ޖައްސާލަން އެ އިދާރާ އާއި އޭއެފްސީން އަންގާފައިވާ ކަމަށެވެ.

ފީފާއާއި އޭއެފްސީ ގުޅިގެން އެފްއޭއެމަށް ވަނީ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންތަައް ހައްލުކުރުމަށް މި މަހުގެ 26 އާއި ހަމައަށް ވަނީ މުހުލަތެއް ދީފައެވެ. ޖައުޝަން ވިދާޅުވީ އެފްއޭއެމްގެ ފަރާތުން މިކަމުގައި ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދޭނެކަމުގައެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މި އިންތިހާބަށް ކުރި މަތިލީ ކުރީގެ ފުޓުބޯޅައިގެ މަޝްހޫރު ތަރި ތާރިގު (ޓޮމް) އާއި އެންމެ ފަހުންވެސް އެ މަގާމު ފުރުއްވި ބައްސާމު ކަމަށް ވަނީ އަޑު ފެތުރިފައެވެ. ފީފާއިން އަންގައިގެން މީގެ ކުރިންވެސް ވަނީ މި އިންތިހާބު މަޑުޖައްސާލާފައެވެ.

tel:+9607331319