
ހައްޖު ދަތުރެއްގައި އެހީތެރިއަކު ހަރަކާތްތެރިވަނީ
ފަހު ވަގުތު ސަފާ ގްރޫޕުން ޢުމްރާ އަށް މީހުން ގެންދިއުން ކެންސަލް!

ޔޫޝައު ހަސަން - 06 އޭޕްރީލު 2023 - 07:12
ވިސާ ނުލިބުނު ކަމަށް ބުނެ އައް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން މިއަދު އުމުރާއަށް ފުރުމަށް ހަމަޖެހިފައި އޮތް 181 މީހުން އުމުރާއަށް ގެންދިއުން އެންމެ ފަހުވަގުތު ކެންސަލް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ތިބި އުމްރާވެރީން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ނަމަވެސް އެ މީހުންނަށް ވިސާ ހަމަޖެހިފައިނުވުމުގެ ސަބަބުން ނުފުރޭނެކަން އެންގީ ރޭ ފަތިހު 5:51ގައެވެ.
އަދި މިއަދު ފުރުމަށް ހަމަ ޖެހިފައިވާ އުމުރަ ވެރިންނަސް އެ ގްރޫޕްގެ ފަރާތުން އިއްޔެ ފޮށިވެސް ހަވާލުކޮށްފައިވާ ކަމުގައި މައުލޫމާތު ލިބެއެވެ.
މި މައްސަލަ ދިމާވުމަށް މެދުވެރިވެފައިވަނީ ސައުދީން ދޭ ވިސާ އެކި ކުންފުނިތަކުން ދޫކުރާއިރު އެ ގުރޫޕަށް ވިސާ ދޫކުރާ ކުންފުނިން ވިސާ ހަމަޖެހޭނެ ކަމަށް ބުނުމުން ޓިކެޓު ނަގައި ހުރިހާ ކަމެއް ނިންމި ނަމަވެސް ރޭ ފަތިހާ ހަމައަށް އެ ކުންފުނިން އެއްވެސް ވިސާއެއް ހަމަޖައްސާފައި ނުވުމުން ކަމުގައި އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް އާއި ހަވާލާ ދީ އޮންލައިން ނޫސް ވަން ގައި ބުނެފައިވެއެވެ.
އަދި މިހާރު އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ވިސާ ކަންކަން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ފްލައިޓުތަކުން ހުރިހާ އުމްރާވެރީންނަށް އަދި ޖާގަ ނުލިބޭ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން