logo

އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަކުރަން- ޝިޔާމް

profile

ޔޫޝައު ހަސަން - 29 ޖެނުއަރީ 2023 - 04:10

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް

އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަ ކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ބައެއް ވޯޓު ފޮށި ކައިރީގައި ހިނގި ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ހިއްސާ ކުރައްވައި އެކަމަށް އިށާރާތް ކުރައްވައެވެ.

ވީޑިއޯތައް ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ޑިމޮކްރަސީ އުތުރި އަރަނީ ކަމަށާއި 17 އަހަރު އެމްޑީޕީ ކުރި ދަތުރުން ދަސްވީ މިންވަރަކީ މިއީ ކަމަށްވާނަމަ އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.

"އެމްޑީޕީގެ މުސްތަގު ބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަ ކުރަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މި ގައުމު ހަމަ މަގަށް ދެން ވެސް އެޅުވޭނެ ސިޔާސީ ފިކުރަނީ ޕީޕީއެމް ކަމަށާއި އެލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ބައެއް ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް އޮޅުވާލައިގެން ވޯޓުލާ ކަމަށް ބުނެ ރައީސް ނަޝީދާއި ސޯލިހަށް ތާއީދު ކުރާ ފަރާތްތަކާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މިހަމަ ނުޖެހުމުގެ ތެރޭގައި ބައެއް ވޯޓު ފޮށިތައް ފަޅާލައި، އޮފިޝަލުންގެ ގޮތުގައި ތިބި ބައެއް މީހުންނަށް ވަނީ ހަމަލާ ވެސް ދީފައެވެ.

މިއިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިފައިވަނީ 24،384 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިފައިވަނީ 15،487 ވޯޓެވެ.

ވޯޓުގެ ނަތީޖާ އައި ގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ވޯޓުގައި ބޮޑު އޮޅުވާލުމަށް އޮޅުވާލާފައިވާ ކަމަށް ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay