
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
ގައުމިއްޔަތު ކިޔަވައިދޭން ފެށީ ސިޔާސީ ބޭނުމެއްގައި: އަމީން ފައިސަލް

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 08:00
މި ސަރުކާރުން ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށީ ސިޔާސީ ބޭނުމެއްގައި ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ބަހުސްކުރައްވައި މެމްބަރު ވިދާޅުވީ ގައުމިއްޔަތު މާއްދާ ހަދައިގެން މަންހަޖުގައި އޮތް އެއްޗެއްގެ އިތުރަށް އެއްވެސް އެއްޗެއް ކިޔަވައިދެމުން ނުދާ ކަމަށެވެ.
އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ކުއްލި ބަދަލުގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ވަގުތުތައް ގެއްލިގެން ދިޔަކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު ހެދިފައިއޮތް ގައުމީ މަންހަޖަކީ ފުރިހަމައެއްޗެއްކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ އެ މަންހަޖު ތަންފީޒުކުރަން ސަރުކާރުތަކުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށެވެ.
ތައުލީމީ ނިޒާމަށް އިސްކަން ނުދީ މާދަމާ ދެކެން ބޭނުންވާ ތަރައްގީ މިގައުމަށް ނުގެނެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަ ކަމަށް މެމްބަރު އަމީން ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ދޭންޖެހޭ ރިސްކު އެލަވަންސް ނުލިބިގެން އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާ ސިޔާސީ ފިކުރުތަކުން އެއްކިބާ ކުރަންޖެހޭ ކަމަށާއި، ޖުޑިޝަރީއެކޭ އެއްފަދައިން އެޑިއުކޭޝަން މިނިސްޓްރީއަކީ ވެސް ވަކި ބަޖެޓެއް ދީގެން ހިންގާ މިނިވަން މުއައްސަސާއަކަށް ހެދުން މުހިންމު ކަމަށް މެމްބަރު ވިދާޅުވިއެވެ.
ދިފާއީ ވުޒާރާއަށް ކުރާ ހޭދައިގެ ނިސްބަތުން ތައުލީމީ ދާއިރާއަށް ހޭދަކޮށް، ޓީޗަރުންނަށް އެކަށީގެންވާ އިނާޔަތްތައް ދީފިނަމަ ގައުމަށް މާ ފާގަތި މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
26 މިނިޓު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
27 މިނިޓު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
28 މިނިޓު ކުރިން

ވެރިކަމަށް އަންނަ ކޮންމެ މީހަކަށް ގައުމު ފެންނަނީ އެމީހެއްގެ ބައްޕަގެ ތަރިކަ މުދާގަނދެއްހެން: އަލީ ރަމީޒް
29 މިނިޓު ކުރިން


