logo
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ޔަހޫދީންގެ އަތްމައްޗަށް ގައުމު ދާތަން ބަލަން ނުތިބެ، ގައުމު ދިފާއުކުރަން ރައްޔިތުން ނުކުތުމަށް އިމްރާން ގޮވާލައްވައިފި

profile

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 10:02

ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫއާ ގުޅުވައިގެން، ޒަޔަނިސްޓު ޔަހޫދީންގެ އަތްމައްޗަށް މި ގައުމު ދިޔަނުދީ ދިފާއުކުރުމަށްޓަކައި ރައްޔިތުން ކެރިގެން ނުކުތުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، މާޒީގައި ކާބަފައިން ދިވެހި ގައުމު ދިފާއުކުރި ފަދައިން މިފަހަރު ވެސް ގައުމުގެ ހައްގުގައި ތެދުވާނެ ހިތްވަރުގަދަ ދަރިން މި ގައުމުގައި އެބަތިބި ކަމަށެވެ. މީގެ އިތުރުން ޒަޔަނިސްޓު ޔަހޫދީންގެ ބާރުގެ ދަށަށް މި ގައުމުގެ ކަންކަން ދާތަން ބަލަން ނުތިބެ، ކޮންމެ މީހަކު ވެސް އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

View post on Twitter

ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ދީނީ އިލްމުވެރިންނާއި، އިދިކޮޅު ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަމުން އަންނަނީ، ރަސްމާލޭގައި މެރީނާ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އެ މީހުންނަށް އެކި ގޮތްގޮތުން ފަންޑުކުރަމުން އަންނަ ފަރާތެއް ކަމަށްވުމުން ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ފުރުސަތު ބޮޑުވީމައެވެ.

މީގެ އިތުރުން އޭނާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ކުޑައިމީސްކޮށް މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ވާހަކަދައްކާފައިވާ ފަރާތެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ކަންމިހެން އޮތުމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މެރީނާ މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. ނަމަވެސް ރައްޔިތުން ގޮވާލާ ގޮވާލުމަށް އެއްވެސް އިޖާބައެއް ދިނުމެއް ނެތި، ރައީސް މުއިއްޒާއި ކެބިނެޓް ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން އަންނަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަމެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.

އަދި މި މަޝްރޫއު ހިންގުމަށްޓަކައި އެ ފަރާތްތަކުން ދައްކަމުން އަންނަ ބަހަނާތަކާއި، ރައީސް މުއިއްޒާއި ވަޒީރުން ދައްކަވާ ވާހަކަތައް ދިމާނުވަތީ މި މަޝްރޫއުގެ މަގުސަދާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

https://wamco.com.mv/
tel:+9607331319