logo
ރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ

ރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން

profile

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 12:45

2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަންނަ ވެރިއަކު، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރާނެކަން ކަށަވަރުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވީ، 2028 ވަނަ އަހަރު އުފެދޭ ސަރުކާރަކުން މި މަޝްރޫއު ބާތިލްކޮށް، އެ އެއްބަސްވުމުގެ ދަށުން އެއްވެސް ބަދަލެއް ނުދޭނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކުރުމުން އެއްވެސް ބަދަލެއް ދޭންޖެހުނު ނަމަވެސް، އެކަމުގެ މާލީ ޒިންމާ ދިވެހި ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތަށް އެ ފައިސާ ނުދީ ހިފަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝެއިހް އިމްރާން ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި ދިވެހި ރައްޔިތުންގެ 80 އިންސައްތަ މީހުން ތިބީ އެބޭފުޅުންނާ އެކުގައެވެ.

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތް ފުޅާވަމުންދާ ވަރަކަށް، މިހާރުގެ ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރެޝަރުތަކުގެ ނަތީޖާއެއްގެ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށް ކުރަންޖެހޭ ކަންކަން މަޑުޖެހި، ސަރުކާރަށް ފަސްޖެހުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން، އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ދިވެހި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރުމާމެދު އަލުން ވިސްނާލަން އީގަލް ހިލްސް ކުންފުންޏަށް ވެސް މިހާރު މަޖުބޫރުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދިވެހިންގެ ބިން ދިވެހިންނަށް މި ނަމުގައި ގައުމީ ހަރަކާތުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މި މަހުގެ 6 ވާ ހުކުރު ދުވަހުއެވެ. ނަމަވެސް، އެ އެއްވުމަށް އިތުރަށް ތައްޔާރުވެ، ހަރަކާތް އިތުރަށް ވަރުގަދަކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ އެއްވުން މިހާރު ނޮވެމްބަރު 13 ވާ ހުކުރު ދުވަހަށް ފަސްކޮށްފައިވާ ކަމަށް ޝެއިހް އިމްރާން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319