logo
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު އަލީ ރަޝީދު ހުސައިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު އަލީ ރަޝީދު ހުސައިން

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔަރ ކުރައްވަނީ

profile

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 12:49

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު އަލީ ރަޝީދު ހުސައިން މަގާމުން ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

https://wamco.com.mv/

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާއްމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ފަނޑިޔާރު އަލީ ރަޝީދު ޙުސައިން މަގާމުން ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގަތުމާ ގުޅިގެން، ޝަރަފުވެރިކަމާއެކު އެމަނިކުފާނު ރިޓަޔަރ ކުރެއްވުމުގެ ހުއްދަ ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރ ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި އެމަނިކުފާނުގެ ހުށަހެޅުއްވުމާ ގުޅިގެން، ގާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ބަލައި ކަށަވަރުކޮށްފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ޖޭއެސްސީން އިތުރަށް ހާމަކުރި ގޮތުގައި، ފަނޑިޔާރު ޢަލީ ރަޝީދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްދެއްވުމަށް ފާސްކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 28 ވީ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ ޖަލްސާގައެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވާތީ، އެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ޖޭއެސްސީން މިހާރު ވަނީ ފަށާފައެވެ.

https://wamco.com.mv/
tel:+9607331319