
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް، ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތުގެ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިންމު ތިން ކަމެއް ނައިބު ރައީސް ބަޔާންކޮށްދެއްވައިފި

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 12:47
އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ (ޗޯގަމް) އެގްޒެކެޓިވް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމުކުރުމަށްޓަކައި މުހިންމު ތިން ދާއިރާއަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް އަލިއަޅުއްވާލައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވި މުހިންމު ތިން ކަމަކީ، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި އިސްނަގައިގެން މަސައްކަތްކުރާނެ މީހުން ބިނާކުރުމާއި، ގައުމީ މަގްސަދުތަކަށް އިހުތިރާމުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.
ވަގުތީ ބޭނުންތަކަށްވުރެ ބޮޑަށް ދެމެހެއްޓެނިވި ގޮތެއްގައި ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމަކީ އެ ގައުމެއްގެ މަސްލަހަތަށް އިހުތިރާމުކުރާ އަދި އަމިއްލަ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރުސަތު ލިބިދޭ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ޑިޖިޓަލް ކުރިއެރުންތައް ހޯދުމަށްޓަކައި، ތަޖުރިބާ ހިއްސާކޮށް އަމަލީ އެހީތެރިކަމާއެކު ގުޅިފައިވާ ހައްލުތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތު އިތުރަށް ވަރުގަދަވާނީ ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ އަމިއްލަ ގާބިލުކަމުގެ މައްޗަށް ބިނާވެ ތަރައްގީވުމުގެ ފުރުސަތު ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒު އަލުން ތަކުރާރުކުރެއްވިއެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދުގެ ހިއްސާކަމުގައި ހެދުމަށާއި، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިނަށް އަންނަ ބަދަލުތަކާއި އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން، ގައުމުތަކުން ތަރައްގީއަށް ކުރާ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅެމުންދާކަން ފާހަގަކުރައްވައި، ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ ބައިވެރިވުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔަރ ކުރައްވަނީ
2 ގަޑިއިރު ކުރިން

ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނަމަ ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ޢަލީ ޙުސައިން
2 ގަޑިއިރު ކުރިން

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ޓެކްސްގެ ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


