.jpg&w=3840&q=75)
ރައްޔިތުންގެ މަޖިލިސް،، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޓެކްސްގެ ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 12:44
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރަމުންދާ، ޓެކްސްއާ ގުޅޭ މުހިންމު ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އަދި "ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އަށް ޢާންމު ރައްޔިތުންނާއި ކަމާގުޅޭ އެކި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
މި ދެ ބިލަކީ ދައުލަތުގެ ޓެކްސް ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމަށްޓަކައި މަޖިލީހަށް ހުށަހެޅިފައިވާ ބިލްތަކެކެވެ. އެހެންކަމުން، މި ބިލްތައް ފުރިހަމަކޮށް، ރައްޔިތުންނާއި ވިޔަފާރިތަކުގެ މަޞްލަޙަތު އެންމެ އެދެވޭ ގޮތުގައި ހިމެނުމަށްޓަކައި ޢާންމުންގެ ޚިޔާލު މުހިންމު ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ.
މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 09 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ޚިޔާލު ފޮނުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ އީ-މެއިލް އެޑްރެސް އަށް އީމެއިލް މެދުވެރިކޮށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔަރ ކުރައްވަނީ
ގަޑިއިރެއް ކުރިން

ކޮމަންވެލްތުގެ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިންމު ތިން ކަމެއް ނައިބު ރައީސް ބަޔާންކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނަމަ ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ޢަލީ ޙުސައިން
ގަޑިއިރެއް ކުރިން

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން
ގަޑިއިރެއް ކުރިން


