logo
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ވަގުންނާއި ހުރެ ގައުމު މިއުޅެނީ ސަލާމަތް ނުކުރެވިގެން: މައުރޫފް

profile

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 07:40

ވަގުންނާއި ހުރެ ގައުމު މިއުޅެނީ ސަލާމަތް ނުކުރެވިގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ވެރިކަމަށް އަންނަނީ ވައްކަންކުރުމުގެ ބޭނުމުގައިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވެރިމީހާގެ ސިޔާސީ ނުފޫޒު ގަދަވެ، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާ ހިމެނޭހެން ދައުލަތުގެ އެންމެހައި ބާރުތައް އެއް މުށެއްގެ ތެރެއަށް ޖަމާކޮށްފައި އޮތުމަކީ، އަދުލުއިންސާފު ގާއިމުކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުލުއިންސާފުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުން ފަދަ ކަންކަން ލަސްކުރެވެން ނެތްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރާއިރު ރާއްޖޭގައި ކުރިއަށްގެންދާ ތަހުގީގުތަކަކީ އެންމެ އިންސާފުވެރި ތަހުގީގުތަކެއްތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ތަހުގީގުތަކުގެ ފެންވަރު ދަށްވުމާއި، ގަސްތުގައި ބައެއް މުހިންމު ކަންކަން ދޫކޮށްލުމުގެ އިތުރުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކުރުމުގެ ސަބަބުން، އެތައް މައްސަލައެއް ސާބިތުނުވެ ބާތިލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އަށަގަނެފައިވަނީ އިންތިހާއަށް ކަމަށާއި، ފުލުހުންގެ މުއައްސަސާގެ ތެރޭގައި ވެސް ވިސްނާލަން ނުކެރޭ މިންވަރަށް ކޮރަޕްޝަން އޮތް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިއަދު ރައްޔިތުންނާމެދު ބޭއިންސާފުން ކަންކަން ކުރުން ހައްދުފަހަނައަޅާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރުހުން ލިބިގެން ނޫނީ އަސާސީ ހައްގުތަކާއި އަދުލުވެރިކަން ލިބެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ވެރިކަންކުރާ ޕީއެންސީގެ މެންބަރަކަށް ނުވާ އެއްވެސް މީހަކަށް މިއަދު ހައްގެއް ނެތްކަމަށް ވިދާޅުވެ، އިހުތިރާމް ގެ ނަމުގައި ލައްކައަކަށްވުރެ ގިނަ މީހުން ޕާޓީއަށް ވެއްދުމުގެ ސިޔާސީ މަޝްރޫއެއް ހިންގަމުންދާ ކަމަށް މައުރޫފް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން މަރަށް މަރު ހިފުމުގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ރާއްޖޭގެ މިފަދަ ނިޒާމީ މައްސަލަތައް އިސްލާހުކުރަންޖެހޭ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319