
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް
އަބުރުގެ ބިލުގެ ބޭނުމަކީ އަލްއައްބާރާއި ރަސްމާލެ މަޝްރޫއުގެ އަޑުކަނޑުވާލުން: މައުރޫފް

މުޙައްމަދު ފަޟްލޫން - 17 ނޮވެމްބަރު 2026 - 12:42
ނަމާއި އަބުރު ރައްކާތެރިކުރުމާ ބެހޭ ބިލަކީ އަލް އައްބާރާއި ރަސްމާލޭގެ ވާހާކަ ދެއްކުން މަނާކުރަން ހުށަހަޅާފައިވާ ބިލެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިންވެސް އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމުގެ ސަގާފަތެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް، މިފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، މަޖިލިސް މެމްބަރުންނާއި އާންމު ރައްޔިތުން ޖަލަށް ލެވޭ ފަދަ ހަރުކަށި އަދަބުތަކާއެކު ބިލު ފަރުމާކޮށްފައި އޮތުމުން ދޭހަވަނީ، އަލް އައްބާރުގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ފައިސާއިން ރަސްމާލެ ހިއްކުމަށްފަހު އެތަން ވިއްކާލަން އުޅޭ މައްސަލައިގައި އަޑުއުފުލުން ހުއްޓުވައި، އެއީ އަބުރާ ބެހުން ކަމަށް މާނަކޮށްގެން ރައްޔިތުންނަށް ބިރުދެއްކުމަކީ މި ބިލުގެ މައިގަނޑު ބޭނުން ކަމުގައި މެމްބަރު ތުހުމަތުކުރެއްވިއެވެ.
ކުއްލި ގޮތަކަށް މި ދަނޑިވަޅުގައި މިފަދަ ބިލެއް ހުށަހެޅުމުގެ ހަގީގީ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އަބުރާ ބެހިގެން ޖޫރިމަނާކޮށް އަދި ޖަލަށްލައިގެން ކަންކަން ހައްލުކުރެވޭނެ ޒަމާން މިހާރު ފާއިތުވެފައިވާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި، ވެފައިވާ ވައުދުތައް ނުފުއްދޭ ފަރާތްތަކުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށްޓަކައި، އެކަންކަމާ ދެކޮޅަށް ރައްޔިތުން އަބަދުވެސް ބަސްބުނެ ވަކާލާތު ކުރާނެ ކަމަށްވެސް މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީ ޕަބްލިކް ހެލްތު ޔުނިޓުގެ ޚިދުމަތް ނުދޭތާ 3 ދުވަސް، ބުނި ތާރީޚުގައިވެސް ނުފެށުނު
2 ގަޑިއިރު ކުރިން

ނަތަންޔާހޫ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފި
6 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބަޔަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން

ޝާހިދުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
6 ގަޑިއިރު ކުރިން


