logo
މަސްތުވާތަކެތީގެ މައްސަލައިގައި މާކުރަތުން ހައްޔަރު ކުރި 3 މީހުން

މަސްތުވާތަކެތީގެ މައްސަލައިގައި މާކުރަތުން ހައްޔަރު ކުރި 3 މީހުން

މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބަޔަކު އަތުލައިގެންފި

profile

މުޙައްމަދު ފަޟްލޫން - 17 ނޮވެމްބަރު 2026 - 12:41

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކަށް ނިސްބަތްވާ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފުލުހުން ހާމަކުރި ގޮތުގައި، މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިސް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ މާކުރަތަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ، އެ ރަށު މަލަ، ޠަލްޙަތު ނަސީމް އާއި، ފަލަކް، އަހްމަދު ޝާފިޢު އަދި ބަނބުކެޔޮގަސްދޮށުގޭ، އިސްމާޢީލް ރަޝީދެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި މާކުރަތު ބަނދަރަށް ފޭބި ވަގުތު އެ ސަރަޙައްދުންނެވެ. އަދި އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގްރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމްގެ ބަންދަށް 10 ދުވަސް އަދި އަޙްމަދު ޝާފިޢު އާއި އިސްމާޢީލް ރަޝީދުގެ ބަންދަށް 4 ދުވަސް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319