
ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝާހިދުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މުޙައްމަދު ފަޟްލޫން - 17 ނޮވެމްބަރު 2026 - 12:40
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ ކުރީކޮޅު ޝާހިދު ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިއުމަށްފަހު، ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް، މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިންގުމަށް ފުރުސަތު ދޭންޖެހޭ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީ ޕަބްލިކް ހެލްތު ޔުނިޓުގެ ޚިދުމަތް ނުދޭތާ 3 ދުވަސް، ބުނި ތާރީޚުގައިވެސް ނުފެށުނު
2 ގަޑިއިރު ކުރިން

ނަތަންޔާހޫ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފި
6 ގަޑިއިރު ކުރިން

އަބުރުގެ ބިލުގެ ބޭނުމަކީ އަލްއައްބާރާއި ރަސްމާލެ މަޝްރޫއުގެ އަޑުކަނޑުވާލުން: މައުރޫފް
6 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބަޔަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން


