logo

"ބަލިވުމުގެ ކުރިން ފާމަސީ އަށް ގޮސް ބަލަންވީ އެ ބައްޔަކާ ގުޅޭ ބޭހެއް ހުރިތޯ"

profile

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 06:18

އާންމު ބަލިތަކަށް ކުރަންޖެހޭ ފަރުވާ އަދި އާންމު ބަލި ތަކަށް ބޭނުންވާ އަސާސީ ބޭސް ނުލިބުމުގެ މައްސަލަ މި ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވެ ރައްޔިތުންގެ ހުތުރު މަލާމާތްތަކެއް ސަރުކާރަށާއި، ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށް އަމާޒުކުރަން ފަށައިފި އެވެ.

https://wamco.com.mv/

ކޮންމެ ގޮތަކަސް ބޭހަކީ ނުވަތަ ބަލިވުމުން އެ ލިބެންޖެހޭ ފަރުވާ އަކީ އަބަދުވެސް ރާއްޖޭގެ ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން އަންނަ އަސާސީ ޙިދުމަތެކެވެ. ބޭސްފަރުވާ ކޮށްދިނުމާއި، ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަކީ މިއަދު ސަރުކާރުން އާސަންދައިން ބޭސްފަރުވާގެ ނަމުގައި ކުރިއަށްގެންދާ ނުރައްކާތެރި ސްކޭމޭއް ކަމަށް ވެސް ބައެއް ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.

ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޑޮކްޓަރުން ލިޔެދެއްވާ ބޭސް ސިޓީއަށް ބޭނުންވާ އަސާސީ އަދި ޚާއްޞަ ބޭސްތައް ފާމަސީތަކުން ނުލިބުމުގެ މައްސަލައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުަނާ ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވިދާޅުވެ ވަކާލާތު ކުރައްވަމުން އަންނައިރު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ އެންމެ އާދައިގެ ބޭސްކޮޅު ނުލިބުމަކީ މުޅި ގައުމު އެކީ ބަލިމަޑުކަމެއްގެ ތެރޭގައި އޮންނަން ޖެހުން ކަމުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

ދައުލަތުގެ ބަޖެޓުން ބޭސްފަރުވާއަށާއި އާސަންދަ ސްކީމަށް ބޮޑު ހޭދައެއް ކުރަމުންދިޔަ ނަމަވެސް، އާންމު ރައްޔިތުންނަށް ބޭސް ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން މީސް މީޑިޔާގެ އެކި މަންސް ތަކުގައި އަދި ސިޔާސީ އެކިއެކި ފޯރަމްތަކާއި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސްތަކުންވެސް އެނގި ހާމަވަމުންދެ އެވެ.

މި މައްސަލައަކީ ހަމައެކަނި ބޭސް އެތެރެކުރުމުގެ މައްސަލައެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، ބޭސް ރަޖިސްޓަރީކުރުމުގެ އުޞޫލުތަކާއި، ޑޮކްޓަރުން ބްރޭންޑް ނަމުގައި ބޭސް ލިޔުމާއި، އާސަންދަ ކަވަރޭޖް ލިސްޓުގައި ބޭސް ހިމެނުމުގައި ހުރި ލަސްތަކާއި، ސްޓޮކް މެނޭޖްމަންޓްގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ނުފެނުމުގެ ސަބަބުން އުފެދިފައިވާ ނިޒާމީ މައްސަލައެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވެ އެވެ.

ދިވެހިރާއްޖެއަކީ ބޭނުންވާ ހުރިހާ ބާވަތެއްގެ ބޭހެއް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ ޤައުމެކެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި އަމިއްލަ 60 އަށްވުރެ ގިނަ އިމްޕޯޓަރުން މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރެއެވެ. ނަމަވެސް، 2024 ވަނަ އަހަރާއި 2025 އަދި 2026 ވަނަ އަހަރުގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގެ ފާމަސީތަކުން އާންމު ބަލިތަކަށް ބޭނުންކުރާ ބޭސްތަކާއި ދާއިމީ ބަލިތަކަށް (ކްރޮނިކް ޑިޒީޒަސް) ބޭނުންކުރާ ބޭސްތައް ނުލިބުމުގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ޚާއްޞަގޮތެއްގައި ލޭމައްޗަށްދިއުމާއި، ހަކުރުބައްޔާއި، ކޮލެސްޓްރޯލް އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ބަލިމީހުން، އެއް ބޭސް ސިޓީއެއް ހިފައިގެން މާލޭގެ އެތައް ފާމަސީއަކަށް ހިނގަންޖެހުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ.

ބައެއް ޙާލަތްތަކުގައި އާސަންދައިގެ ދަށުން ހިލޭ ލިބެންޖެހޭ ބޭސް، އާސަންދަ ކަވަރޭޖް ނެތް ބްރޭންޑެއް ކަމަށް ބުނެ ބަލިމީހާގެ އަމިއްލަ އަތުން ބޮޑު އަގުގައި ގަންނަން ޖެހުމާއި، ނުވަތަ ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހުމުގެ ޙާލަތްތައްވެސް ކުރިމަތިވެއެވެ.

މިކަމުގައި އަޑު އުފުލައި ނިކަމެތި ރައްޔިތުން ހަނާ ވަނީ އެވެ. ގައުމުގެ ސިއްހީ ހާލަތު އޮތީ މިއަދު ގާދޫކޮލުން ބޭރުވެފަ އެވެ. މިކަމުގައި އޮތް ހަމަ އެކަނި ހައްލަކީ ހަމަ އެ ރައްޔިތުން ފާހަގަކުރާހެން "ބަލިވުމުގެ ކުރިން ފާމަސީ އަށް ގޮސް ބަލަންވީ އެ ބައްޔަކާ ގުޅޭ ބޭހެއް ހުރިތޯ" ބެލުން އެކަނިތާ އެވެ.

https://wamco.com.mv/
tel:+9607331319