logo

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

profile

ޒިދާން މުޙައްމަދު - 14 ސެޕްޓެމްބަރު 2024 - 14:15

 މީގެ ކުރިން ހާދިސާއެއް ހިނގި ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތަހުގީގު ކުރަނީ

މީގެ ކުރިން ހާދިސާއެއް ހިނގި ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތަހުގީގު ކުރަނީ

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ޖަހަންގިރި ކިޔާ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. ބަންދު މަޖިލީހުގައި ފުލުހުން ކޯޓަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ސައިކަލްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރުކޮށްފައިވީ ނަމަވެސް ފުލުހުން ވަނީ ކަމާ ގުޅޭ ހެކިތަކެއް ކޯޓަށް ހުށަހަޅާފ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.

މި މައްސަލައާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

tel:+9607331319