logo

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަކައަކާ ގުޅިގެން މީހަކު ހޯދަނީ

profile

ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2024 - 11:37

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަކައަކާ ގުޅިގެން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ދަފްތަރު ނަންބަރު ދރ 2840، މުސްލިމް ޢަބްދުﷲ ( 25އ)އެވެ.

މުސްލިމް ޢަބްދުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 9 ވަނަ ދުވަހުގެ 08:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

މުސްލިމް ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް އެ ޚިދުމަތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

tel:+9607331319