logo

ގެސްޓްހައުސްއެއްގެ ތެރެއިން އަނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ

profile

ޒިދާން މުޙައްމަދު - 09 ސެޕްޓެމްބަރު 2024 - 11:15

ދިވެހި ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން

ދިވެހި ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން

މާލޭގައި ހިންގާ ގެސްޓްހައުސްއެއްގެ ތެރެއިން އަނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އުޅޭ މީހެއްގެ ހަބަރު ނުވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި ފުލުހުން ގޮސް އޭނާ އުޅޭ ކަމަށް ބުނާ ކޮޓަރިއަށް ވަދެ ބެލިއިރު ޒަހަމްތަކާއެކު އޮއްވާ އެ މީހާ ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި އެ މީހާ މިހާރު ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް - އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

ސީންގައި ފުުލުހުން ހަރަކާތްތެރިވަމުން އަންނައިރު އަނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހާލަތެއް އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ އަދި ސާފެއް ނޫނެވެ.

ޢޭނާގެ ހާލު ސީރިއަސް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޚިދުމަތުންވެސް ބުނެފައިވަނީ އެ މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

tel:+9607331319