logo

އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް ނޭދެވޭ އަސަރުކުރޭ: އައި.ޕީ.ސީ.ސީ ރިޕޯޓް

profile

އާމިނަތު ޝަފާ - 18 އޯގަސްޓު 2024 - 14:54

އައި.ޕީ.ސީ.ސީގެ ހަވަނަ އެސެސްމަންޓް ރިޕޯޓު

އައި.ޕީ.ސީ.ސީގެ ހަވަނަ އެސެސްމަންޓް ރިޕޯޓު

މޫސުމަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ ޢަމަލުތައްކަން އައި.ޕީ.ސީ.ސީގެ ހަވަނަ އެސެސްމަންޓް ރިޕޯޓުން ސާފުކޮށް ދައްކުވައިދޭކަމަށް ދުނިޔޭގެ މޫސުމާބެހޭ ތަޖުރިބާކާރުްނ ވިދާޅުވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) އިން ނެރެފައިވާ މި ރިޕޯޓުގައި ވަނީ ގިނަ ދިރާސާތަކަކުން ހޯދާފައިވާ ހެކިތަކެއް އެއްކުރެވި، ދިރާސާކުރެވިފައިކަމަށެވެ. މި ރިޕޯޓުން ދައްކާގޮތުގައި ފާއިތުވި އަހަރުތަކުގައި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ އަމަލުތައްކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު އިތުރުވެ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގަނޑުފަށަލަތައް ވިރުން ފަދަ ކަންކަން ހިނގަމުންދެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.

އައި.ޕީ.ސީ.ސީގެ މި ރިޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ސައިންޓިސްޓުންނާއި ތަޙުލީލުވެރިން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ އެތައް އަހަރެއްގެ ދިރާސާތަކުން ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެއްކުރެވިފައިވާ މަޢުލޫމާތުތަކެކެވެ.

tel:+9607331319