logo

ހަކަތައިގެ މޮޑެލިންގ ތަމްރީނަށް ބޭރުގެ ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

އާމިނަތު ޝަފާ - 08 ސެޕްޓެމްބަރު 2024 - 13:20

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު ފިޔަވަޅެއް އެޅިއްޖެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ސްޓޮކްހޯމް އެންވަޔަރަންމަންޓް އިންސްޓިޓިއުޓް (އެސް.އީ.އައި) އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، #LEAP ސޮފްޓްވެއަރ ބޭނުންކޮށްގެން ހަކަތައިގެ މޮޑެލިންގ އާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ބޭރުކުރާ މިންވަރު ދެނެގަތުމާއި، އެކަން މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަކަތައިގެ ބޭނުންކުރުން އަދި އޭގެ އަސަރުތައް ދެނެގަތުމަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިގެންދާނެއެވެ.

އެސް.އީ.އައި އަކީ ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އުއްމީދުކުރެވޭކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

tel:+9607331319