logo

އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލުކޮށް ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެ: ފެނަކަ

profile

ޝުރުފާ މުހަންމަދު - 18 އޯގަސްޓު 2024 - 19:35

ފެނަކައިން ހިންގާ އައިސްޕްލާންޓުތައް މިފްކޯއާ ހަވަލުކުރުމަށް ވަނީ ނިންމާފައި---

ފެނަކައިން ހިންގާ އައިސްޕްލާންޓުތައް މިފްކޯއާ ހަވަލުކުރުމަށް ވަނީ ނިންމާފައި---

ފެނަކައިން ހިންގަމުން ދިޔަ އައިސްޕްލާންޓުތައް، މިފްކޯއާ ހަވަލުކުރުމުގެ މަރުހަލާ އެއްކޮށް ނިމެންދެން، މެދުކެންޑުމެއްނެތި މަސްވެރިންނަށް އައިސް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފެނަކައިން އަރުވައިފި އެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހަންމަދު ރަޝީދު މި ޔަގީންކަން އެރުވީ އައިސްޕްލާންޓްތައް މިފްކޯގެ ދަށައް ބަދަލުކުރުމުގެ މަރުހަލާގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި އަދި މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. މުއާޒު ވިދާޅުވީ އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދެއްވާނެކަމަށެވެ.

މީގެ ދެހަފުތާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުންވަނީ މީގެ ކުރިން އެކުންފުނިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުތަކާއި، އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލުމަށް ނިންމާފަ އެވެ. ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަންނިންމި މައިގަނޑު ސަބަބު ތަކުގެ ތެރޭގައި، އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށްވުން ހިމެނޭކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ފެނަކައިން ބުނީ އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވާ ކަމަށެވެ. އަދި މިހާރުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރަން ކަމަށާއި، އެގޮތުން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް ގެނައީ ކަމަށް ބުނެފައިވެ އެވެ.

ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.

tel:+9607331319