logo

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ފަށައި ޗެއާމަނަކަށް ޝިމާދު

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 13:33

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ސިމާދު އިބްރާހީމް:

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ސިމާދު އިބްރާހީމް:

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ފަށައި ކުންފުނީގެ ބޯޑުގެ ޗެއަރޕާސަންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމްގައި ހުންނެވި ސިމާދު އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.

އެ ކުންފުނީގެ ބޯޑަށް މިއަދު މެމްބަރުން އައްޔަނުކޮށްފައިވާއިރު ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަން ކުރީ މުހައްމަދު ނިޒާމް އަދި އަހުމަދު މާޒިންއެވެ. ނިޒާމްއާއި މާޒިން ބޯޑަށް އައްޔަން ކޮށްފައިވަނީ ނޮން އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ ޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައެވެ.

މިފަހުން އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމުން، ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ފެނަކަ ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ޕްރޮޕޯސަލެއް އެސްޓީއޯއިން ހުށަހެޅުމުން ސަރުކާރުން މިހަފުތާގައި އެ ޕްރޮޕޯސަލް ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މި ނިންމެވި ނިންމެވުމުގެ ސަބަބުން ކުރަންޖެހޭކަންކަން ކުރުމަށް ، އެސް.ޓީ.އޯ. ގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުމަށް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

tel:+9607331319