
ފެނަކަ އިންޖީނުގެއެއް
ފެނަކަ ޑިޖިޓަލްކުރުން: ބޭނުންކުރާނީ ކުންފުނީގެ އަމިއްލަ ސޮފްޓްވެއަރތައް

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 07:51
ފެނަކަ ޑިޖިޓަލްކުރާނީ ކުންފުނީގެ ހުނަރުވެރި ޑިވެލޮޕަރުން ސުމަކުން ފަށައިގެން ތަރައްޤީ ކުރާ ބޮޑެތި ސޮފްޓްވެއަރތައް ބޭނުންކޮށްގެންކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިއަދު އާއްމުކުރި ވީޑިއޯ މެސެޖެއްގައި އެކުންފުނީގެ ޑިރެކްޓަރ އައިސީޓީ މުހައްމަދު ސާމީން ވިދާޅުވީ ފެނަކަ ޖިޑިޓަލް ކުރުމުގެ ވާހަކަ ދެކެވެންފެށީންސުރެ އެންމެ ފުރަތަމަވެސް ވިސްނީ މެނުއަލްކޮށް ކުރަމުން އައި ކަންކަން އޮޓަމޭޓްކޮށް ކުރެވޭނެގޮތަކާމެދުގައި ކަމަށެވެ.
" އެގޮތުން ބެލި ބެލުމުން އެންމެ ބޮޑު ޗެލެންޖަކަށް މި ދިމާވީ ރިއަލްޓައިމްކޮށް ބުރާންޗްތަކުން ކުރަމުން އައި ކަންކަން ހެޑް އޮފީހުގެ ސްޓާފުންނާ ހަމައަށް ގެނެވޭނެ ގޮތެއް ހެދުން. އިންޖިނިއަރިން މީހުން ރަށްރަށަށް ފޮނުވައިގެން މަސައްކަތްކުރީ. މި ހިދުމަތުގައި ބޭނުންކުރާ ހުރިހާ ސޮފްޓްވެއާއެއް ތައްޔާކުރީ އަމިއްލައަށް. މިހާރު ހުންނާނެ ފެން ޕްލާންޓްތަކަށް ހާއްސަ ސޮފްޓްވެއާތައްވެސް" މުހައްމަދު ސާމީން
ފެނަކަ ޑިޖިޓަލްކުރުމުން ކުންފުނީގެ ހަރަދުތައް ކުޑަވެގެންދާނެކަމަށް މީގެކުރިން ފެނަކައިގެ އެމްޑީ މުއާޒުވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ފަށައި ކުންފުނީގެ ބޯޑުގެ ޗެއަރޕާސަންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ސިމާދު އިބްރާހީމް މިހާރު އައްޔަން ކުރައްވާފައިވާއިރު އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެކަން ޝިމާދު ފާހަގަކުރައްވައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން