logo

އިއުލާނުނުކޮށް ހުޅުމާލޭން ބިން ވިއްކަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް

profile

ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 12:38

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

އިއުލާނުކުރުމަކާ ނުލައި ހުޅުމާލޭން ބިންތަކެއް ވިއްކަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ހުޅުމާލޭގެ ބެލެނިވެރި ކުންފުނި - ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން - އެޗްޑީސީން ދޮގުކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއުލާން ނުކޮށް ހުޅުމާލޭގެ ބިންތަކެއް ވިއްކަން އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް ބުނެ މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ޚަބަރުތަކެއް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު އައި ފަހުން އެ ކުންފުނިން އިއުލާނު ނުކޮށް ހުޅުމާލޭގެ އެއްވެސް ބިމެއް ދިރިއުޅުމުގެ ބޭނުމަށް ވިއްކާފައި ނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލެވިފައިވާ ބީލަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއިން ބިން ވިއްކަން މިއަހަރު ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައިވާ ކަމަށެވެ.

ަެއެއިން ކޮންމެ ފަހަރަކު ވެސް ބިން ގަތުމުގެ ބީލަން ޕްރޮސެސް ކުރިއަށް ދާނެ ގޮތުގެ ތަފުސީލް މައުލޫމާތު އިއުލާނާއެކު އެކޯޕަރޭޝަންގެ ވެބްސައިޓުގައި ޝައިއުކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ތަރައްގީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ޚަބަރު ފެތުރުން ކުށްވެރިކުރާ ކަމަށެވެ.

އެޗްޑީސީން ވަނީ ހުޅުމާލެ ދޭއްގެ ބީޗު ސައިޑުން 24 ބިމެއް ވިއްކަން މިއަހަރު ހުޅުވާލައިފައެވެ.

tel:+9607331319