logo

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީއެސް ހިންނާ އިސްތިއުފާ ދެއްވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 12:23

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ކުރީގެ ޕީއެސް ހިންނާ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ކުރީގެ ޕީއެސް ހިންނާ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކެޓްރީއަކަށް ހުންނެވި ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ 'އަސްލު ނިއުސް' އަށް ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފަ އެއްނުވެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.

ހިންނާ ވަނީ މީގެކުރިން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހިންނާ ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ، އޭނާ ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރު ހުކުމް ކުރި އެވެ. އެކަމަކު ހަމަ އެ އަހަރު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އެ ހުކުމް ބާތިލުކޮށްފަ އެވެ.

tel:+9607331319