logo

ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ގެނައުމާ ގުޅޭ ދަފްތަރެއް އެކުލަވާލަނީ

profile

ޒިދާން މުޙައްމަދު - 10 ސެޕްޓެމްބަރު 2024 - 11:05

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާ ދަފްތަރެކެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އެކުލަވާލާ މިދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 8 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެންނެވެ.

މި ދަފްތަރުގައި، ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރީވުމަށްޓަކައި ގޫގަލް ފޯމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީކުރުމަށް ހުށަހެޅޭނެއެވެ.

ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހާއްސަ އުސޫލެއްވެސް ވަނީ އެކަށަހަޅާފައެވެ. 5 އޮގަސްޓް 2024ގައި "ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024" ވަނީ ސިވިލް ސާވިސް ކޮމިޝަނުން ޝާއިއުކޮށްފައެވެ.

މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްުމަށް ފޯނުން ގުޅާ ނަމަ 3026930 ނުވަތަ 3026951 އަށް ގުޅުމަށާއި އަދި އީމެއިލް ކުރާނަމަ [email protected]އަށް މެއިލް ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ.

tel:+9607331319