logo

އޭޖީ އޮފީހުގެ ޕީއެސްއަކަށް ސުލްތާނާ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 16:51

އޭޖީ އޮފީހުގެ ޕީއެސްއަކަށް އައްޔަނުކުރި ސުލްތާނާ ޝާކިރު

އޭޖީ އޮފީހުގެ ޕީއެސްއަކަށް އައްޔަނުކުރި ސުލްތާނާ ޝާކިރު

ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު، ސިވިލް ސާވިސް ކޮމިޝަނުން މިއަދު އައްޔަނު ކޮށްފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ޕީއެސް އަކަށް ސުލްތާނާ އައްޔަނުކޮށްފައިވަނީ މިއަދު އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ.

މި ރަސްމިއްޔާތުގައި، ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް އާއި، ބަންޑާރަނައިބުގެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސާވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ސުލްޠާނާ ޝާކިރު ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ބެޗެލަރ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ޙާސިލް ކުރައްވާފައެވެ. ސުލްތާނާ ވަނީ ސަރުކާރުގެ އިދާރާތަކާއި، ޝަރުއީ ދާއިރާއާއި، އަމިއްލަ ޖަމިއްޔާތައް ހިންގުމުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން، އޭނާ ވަނީ 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ސުލްތާނާ އެންމް ފަހުން އަދާކުރެއްވީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމެވެ.

tel:+9607331319