logo

ބާ ކައުންސިލުން އޭޖީ އުނިކުރުމާ ގާސިމް ދެކޮޅު

profile

ޝުރުފާ މުހައްމަދު - 22 ޖުލައި 2024 - 13:44

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް--- ފޮޓޯ: މަޖިލިސް

ބާ ކައުންސިލުގައި ބަންޑާރަ ނައިބު އިންނެވުމަކީ އެތަނުގައި ކުރާ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމަށް ބަލައި ނުގަންނަ ކަމަށް ވިދާޅުވެ، ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުމަށް މާމިގިލީި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

ގާސިމް މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގަ އެވެ. ބާ ކައުންސިލުގައި މިވަގުތު ތިބެނީ 9 މެމްބަރުންނެވެ. އެއީ އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން އިތުރު ހަ ވަކީލެކެވެ.

މި ބިލުގެ ބަހުސްގައި ގާސިމް ވިދާޅުވީ ވެރިކަންކުރާއިރު، ކޮންމެ ދާއިރާއަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އަށް އަޕްޑޭޓުތައް ލިބުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ބަންޑަރަ ނައިބު ބާ ކައުންސިލްގައި އިންނެވުމަކީ އެއީ އެތަނަށް ނުފޫޒެއް ފޯރާނެ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން އެގްޒެކެޓިވް ކޮމިޓީއެއް އޮންނައިރު، އޭގެ ތެރެއިން ހަމައެކަނި ބަންޑާރަ ނައިބު ދެއްވާ ވޯޓަކުން މައްސަލަތަކުގައި ގޮތް ނުނިންމޭނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ބޭފުޅެއްގެ ވޯޓު ގޯސްކޮށްދާތީ އެއީ ރަނގަޅު ނޫން ކަމެއް ކަމަށް ނިންމާ ނުވަތަ އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަކީ ވެސް އޮތް ކަމެއް ނޫން. އެއީ ގާނޫނުގައި ބުނާގޮތުން މެޖޯރިޓީ އޮވެއްޖެއްޔާ ޑިމޮކްރަސީގަ މި އޮންނަނީ އެކަމެއް ކުރިއަށްދާ ގޮތަށް.

ގާސިމް ވިދާޅުވީ ބާ ކައުންސިލުން އޭޖީ އުނިކޮށްލައިގެން އަދުލު އިންސާފު ގާއިމްކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ވަކީލުންގެ ތެރެއިންނާއި އަދި އެހެނިހެން ވެސް ގޮތްތަކަށް ބާ ކައުންސިލްގައި ތިއްބަވާ މެމްބަރުންނެކޭ އެއް ފަދައިން ބަންޑަރަ ނައިބަކީ ވެސް އިންސާނެއް ކަމަށެވެ. އަދި މަސައްކަތުގައި މުހިންމީ އިހުލާސްތެރިކަން ކަމަށާއި، އިހުލާސްތެރިކަމެއް ނެތް ނަމަ އެ މަގާމުގައި ކޮންމެ މީހަކު ބޭންދި ނަމަވެސް އެކަމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

އިހުލާސްތެރި ނިޔަތް އިނގޭތޯ މީގައި ބޭނުންވަނީ ކޮންމެ އިންސާނަކަށް ވެސް، އިހުލާސްތެރި ނިޔަތް ނެތިއްޖެ ހާލަތެއްގައި ދެން ކަންތައްތައް ދާނީ. އެހެނޭ ކިޔާފައި ކަންތައްތައް ބޮއްސުންލައިގެން ހައްދުން ނެއްޓިގެންދާ ވަރަށް ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،

ގާސިމް ވިދާޅުވީ ފަނޑިޔާރުން ކުރާ ކަންތައްތަކަކީ ވެސް ނުފޫޒު ފޯރުވައިގެން ކުރާ ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން ދެކޭ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ވެރިންނާ ފަނޑިޔާރުންނަކީ އިހުލާސްތެރި ތެދުވެރި ބަޔަކަށް ވުން ގާނޫނުން ލާޒިމްކުރާ ކަމަށެވެ.

ގާސިމް ވިދާޅުވީ މެމްބަރު ހުސައިން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން ބަންޑާރަ ނައިބު އުނި ކުރުން ފިޔަވާ އެހެން ހުރިހާ ކަމަކަށް ތާއިދުކުރައްވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319