logo
ރައީސް ނަޝީދު ބޭއްވި ކެމްޕެއިން ޖަލްސާ

ރައީސް ނަޝީދު ބޭއްވި ކެމްޕެއިން ޖަލްސާ

އަޅުގަނޑު ނިކުމެ މިހުރީ ލަކުނު މަދުވެގެނެއް ނޫން - ނަޝީދު

profile

އަހުމަދު ޒަލީފު - 28 ޑިސެމްބަރު 2022 - 17:59

އެމްޑީޕީ އަނބުރާ އެ ޕާޓީގެ މެމްބަރުންނަށް ހޯއްދަވައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

" އަޅުގަނޑު ނިކުމެ މިހުރީ ލަކުނު މަދުވެގެނެެއް ނޫން. ލިބުނު ގެއްލުން ކުޑަވެގެނެއްނޫން. އަޅުގަނޑު ނިކުމެ މިހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަލުން އަނބުރާ ތިޔަބޭފުޅުންނާއި ހަވާލު ކުރުމަށް. މި ޕާޓީގެ މެމްބަރުންނާއި ހަވާލުކުރުމަށް. މީ ތިބޭފުޅުންގެ ޕާޓީ. މި ޕާޓީ އަލުން އަނބުރާ ތިބޭފުޅުންނަށް އިރާދަ ކުރެއްވިއްޔާ ރައްދުކޮށްދޭނަން."

އިތުރަށް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ މަޤާމުގައި ތިބުން ކަމަށާއި، އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށެވެ.

ނަޝީދު މި ފަދައިން ވިދާޅުވެފައިވާއިރު، އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތު އޮތީ އެމަނިކުފާނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސް ސޯލިހް ވިދާޅުވީ، އެއް ޕާޓީ ނުވަތަ އެއް ކެނޑިޑޭޓަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ރިޔާސީ އިންތިހާބުގައި ފަންސާސް އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދޭނެ ކެނޑިޑޭޓެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނަކީ ތަފާތު ފިކުރާއެކީ ކޯލިޝަން ހަދައިގެން މަސައްކަތްކުރެއްވޭނެ ބޭފުޅެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ލިބޭ ވޯޓު މަދުވާނެ ކަމަށެވެ.

"ފިކުރެއްގެ ދިރުން" މި ނަމުގައި ރައީސް ނަޝީދު ފެއްޓެވި ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ ސަލްޓަން ޕާކުގައި މިހާރު ކުރިއަށްދާއިރު، އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް ނިކުމެ ހުންނެވީ އެމްޑީޕީ ސަލާމަތް ކުރުމަށްކަމަށާއި، އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"ކޯލިޝަން ކެނޑިޑޭޓެއްގެ ޗޮއިސް އެއް ނެތް. ހުރިހާ ޕާޓީއެއްގެވެސް ކެނޑިޑޭޓުން އެބަ ތިއްބެވި" ނަޝީދު ވިދާޅުވިއެވެ.


https://wamco.com.mv/
https://www.aslu.com.mv