logo
--

--

ބަންގްލަދޭޝްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

profile

އައިޝަތު ޔާނިއާ - 09 ޖޫން 2023 - 16:53

ބަންގްލަދޭޝް ގެ ގިނަ ސަރަހައްދު ތަކުގައި އާދަޔާއި ޚިލާފަށް ފިނި ހޫނު މިން މަތިވެ، ވެރިރަށް ދާކާގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. ދާކާގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނެފައި ވާ ގޮތުގައި އެ މީހުންގެ ގެދޮރުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާތާ ދެ ތިން ހަފުތާ ވެފައިވީ ނަމަވެސް ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދޭން އިދާރާތަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

https://wamco.com.mv/

ވެރިރަށް ދާކާގައި ފިނުހޫނުމިން 40 ޑިގްރީ ސެލްސިއެސްއަށްވުރެ މައްޗަށް އުފުލިފައިވާއިރު، ރަންގްޕޫރު ފަދަ ރަށްރަށުގައި 41 ޑިގްރީ ސެލްސިއެސްއަށް ވަނީ ފިނިހޫނުމިން އުފުލިފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

1958 ވަނަ އަހަރަށް ފަހު އެ ރަށުގައި ފިނިހޫނުމިން މި ފަދަ މިންވަރަކަށް އުފުލުނު މިއީ ފުރަތަމަ ފަހަރެވެ.

މިއީ 1971 ވަނަ އަހަރަށް ފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ދިގުލައިގެން ގޮސްފައިވާ ހޫނުގެ ތޫފާން ކަމުގައި ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި ބަންގްލަދޭޝް ފައިސާގެ އަގު ވެއްޓި، އިންޖީނުގެތައް ހިންގަން ބޭނުންވާ ތެޔޮ އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތި ވުމުގެ ސަބަބުން ހުސްވި ހަފުތާގެ ކުރީކޮޅުގައި ވަނީ ބަންގްލަދޭޝްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނިން ޚިދުމަތް ދިނުން މެދުކަނޑާލައިފައެވެ.

އެ ޤައުމަށް ދިމާވެފައިވާ މާލީ ކާރިސާ ގެ ސަބަބުން ކަރަންޓުގެ ޚިދުމަތްތަކުގެ ހާލަތު ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމުގައި ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.


https://wamco.com.mv/
https://eportal.mwsc.com.mv/e-pay