logo

ރ. ވާދޫ ކައުންސިލުން ފުޓްސަލް ކަޕެއް ބާއްވަނީ

profile

ޒިދާން މުޙައްމަދު - 29 ޑިސެމްބަރު 2024 - 09:35

ރ. ވާދޫ ކައުންސިލުން އެ ރަަށަށް ހުޅުވާލައިގެން ފުޓްސަލް ކަޕެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

ބިޑް އުސޫލުން އެސް ނާ އިންވެސްޓްމަންޓްސް އިން ހޯސްޓްކުރާ މިމުބާރާތް މިހިނގާ މަހުގެ 31 ވަނަ ދުވަހު ފަށާނެއެވެ.

ތިން ޓީމެއް ކުޅޭ މިމުބާރާތުގެ އޯޕެނިންގ މެޗްގައި ވާދަކުރާނީ ބްލެކް ފެންޓަސީއާއި ނިއުބޯން އެފްސީއެވެ.

މިމުބާރާތުގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗްގައި ބްލެކް ފެންޓަސީއާއި ނިއުބޯން އެފްސީ ކުރިމަތިލާނީ އެ ދުވަހުގެ ހަވީރުއެވެ.

މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.

ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

  1. 31 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހަވީރު 4:45ގައި ބްލެކް ފެންޓަސީ އާއި ނިއުބޯން އެފްސީ
  2. 1 ޖެނުއަރީ 2025 – ހަވީރު 4:45ގައި ނިއުބޯން އެފްސީ އާއި ފްލައިން ޑަޗްމެން
  3. 2 ޖެނުއަރީ 2025 – ހަވީރު 4:45ގައި ފްލައިން ޑަޗްމެން އާއި ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

https://etukuri.mv/
https://www.aslu.com.mv