
މިކަހަލަ ޕެނަލްޓީއެއް ދިންތަނެއް އަދި ޙަޔާތުގައިވެސް ނުދެކެން - އާސެނަލްގެ ކޯޗް އާޓެޓާ

މުހައްމަދު ޞާދިޤް - 05 ޖެނުއަރީ 2025 - 06:00
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަންއާއި އާރސެނަލް ބައްދަލުކުރި މެޗްގައި ބްރައިޓަންއަށް ދިން ޕެނަލްޓީއަކީ ޤަބޫލުކުރަންދަތި، އަދި ޙަޔާތުގައި އެވަރުގެ ނިންމުމެއް ނިންތަން ފެނުނު ފުރަތަމަ ފަހަރުކަމަށް އާރސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗްގެ ވަރަސް ކުރީކޮޅު ލަނޑެއްޖަހާ އާސެނަލްއަށް ލީޑް ނަގައިދިނީ އުމުރުން 17 އަހަރުގެ އީތަން ވަނޭރީއެވެ. މިނަތީޖާއާއެކު ކުޅެމުން ދަނިކޮށް މެޗްގެ ދެވަނަ ހާފްގައި އާރސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރ ސާލިބާއާއި ބްރައިޓަންގެ ޖޯ ޕެޑްރޯއާ ދެކުޅުންތެރިންގެ ބޯ ޖެހުމާއެކު ހިނގި އެކްސިޑެންޓްގެ ތެރެއިން ރެފްރީވަނީ ބްރައިޓަންއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީއަށް އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ދިޔައީ ވަރަށް ބޮޑަށް ދެކޮޅު ހަދާ އެޕީލް ކުރަމުންނެވެ. މިޕެނަލްޓީ ބްރައިޓަންއަށް ކާމިޔާބު ކޮށްދިނީވެސް ޖޯ ޕެޑްރޯއެވެ.
މެޗަށްފަހު ރުޅިގަދަވެފައި ހުރި އާޓެޓާބުނީ އާސެނަލްގެ ކުޅުންތެރިން ކައިރިންވެސް މިއިންސިޑެންޓް އޮޅުންފިލުވި ކަމަށާއި ކުޅުންތެރިން ބުނާ ގޮތުން، އެމީހުންވެސް މީގެ ކުރިން މިފަދަ ނިންމުމެއް ނިންމި ތަނެއް ދެކެފައި ނުވާކަމަށެވެ. މީ އަޖައިބެއްކަހަލަ ނިންމުމެއް ކަމަށެވެ. މި ނިންމުމުގެ ސަބަބުން ވަރަށްބޮޑަށް މާޔޫސްވިކަމަށް ތިންޕޮއިންޓަށް އުއްމީދު ކޮށްގެންހުރި އާޓެޓާ ބުންޏެވެ. ރެފްރީ އެންތޮނީ ޓެއިލާގެ ފައިނަލް ނިންމުން ނިންމާފައިވަނީ ވީއޭއާރުވެސް ބެލުމަށްފަހުއެވެ.
ރޭގެ މެޗަށްފަހު ބްރައިޓަންގެ ކޯޗް ފަބިއަން ހޫޒެލާބުނީ އެޓީމަށް ލިބުނު ޕެނަލްޓީއާ މެދު އެއްވެސް ސުވާލެއް ނެތްކަމަށެވެ. މިނަތީޖާއާއެކު ބްރައިޓަންވަނީ ވިހި މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލްގެ 10ވަނައަށް ޖެހިލާފައެވެ. އާސެނަލް ދެވަނައިގައި އޮތީ 40 ޕޮއިންޓާއެކީއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
2 އަހަރު ކުރިން

އޮޒިލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި
2 އަހަރު ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމްގައި ސަރ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހިމަނައިފި
2 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
2 އަހަރު ކުރިން