logo

އަންހެނަކަސް ފިރިހެނަކަސް ޕީއެޗްޑީ ބޭނުންނަމަ ޖެހެނީ ޝާހިދު އާ އިންނަން - ޝިޔާމް

profile

އަހުމަދު ޒަލީފު - 24 ޑިސެމްބަރު 2022 - 06:21

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމު މި ސަރުކާރުން ހަލާކުކޮށްލާފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

" މުޅި ނިޒާމު މި ސަރުކާރުން ހަލާކުކޮށްލައިފި. މައްޗަށް ކިޔަވާނެ ކަމެއް ނެތް. ޕީއެޗްޑީއަށްވެސް ކިޔަވާނެ ކަމެއް ނެތް. އަންހެނަކަސް ފިރިހެނަކަސް ޕީއެޗްޑީ ބޭނުން ނަމަ މި ޖެހެނީ އަބްދުﷲ ޝާހިދު އާ އިންނަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ތިން މީހެއްގެ ފަރާތުން މީގެ ހައެއްކަ މަސް ކުރިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަތުމަށް އެމްކިއުއޭ އަށް އަމުރު ކޮށްދިނުމަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ.

ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ސެޓްފިކެޓް ވިއްކާ ކަމަށް ބައެއް މީހުން ބުނެއެވެ. އެކޮލެޖުން ޕީއެޗްޑީއެއް ވިއްކަނީ 10000 ޑޮލަރަށް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

އެމްކިއުއޭ އިން ބުނާ ގޮތުގައި އެއިމްސް ކޮލެޖުން ޕީއެޗްޑީ ޕްރޮގްރާމް އިޝްތިހާރުކުރީ ފިލިޕިންސްގެ އަލްޑާސްގޭޓާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، އެއީ ޕިލިޕިންސްގެ ކޮމިޝަން އޮފް ހަޔާ އެޑިއުކޭޝަނުން ވެސް ބަލައިގަންނަ ތަނެއް ކަމަށް ނުވާތީ އެއިމްސް ކޮލެޖްގެ ޕީއެޗްޑީ ބަލައި ނުގަންނަން އެމްކިއުއޭ އިން ނިންމީ އެވެ.

ލަންކާގެ އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާޞިލްކުރި މީހުންގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ހަނގު އަނބިކަނބަލުން ޒިފްލީނާ ޙަސަން ވެސް ހިމެނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay