
---
ޕީއެންސީ ބޮޑުވަނީ، މިހާތަނަށް 15000 މީހުން ޕާޓީއާ ގުޅިއްޖެ!

އަހުމަދު ޒަލީފު - 26 ނޮވެމްބަރު 2023 - 11:26
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 15,000 މީހުން ސޮއިކޮށްފިއެވެ.
އެ ޕާޓީއާ ގުޅުނު 15,000 އަށްވުރެ ގިނަ މީހުންގެ މެމްބަރޝިޕް ފޯމު މިހާރު ޕާޓީގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށާއި، އަދި އޭގެތެރެއިން 11,000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ވިދާޅުވި ކަމަށް އޮންލައިން މީޑިއާއެއްގައި ރިޕޯޓްކޮށްފައިވެއެވެ.
''މިހާރު ވެސް މިދަނީ ފޯމުތައް އީސީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން'' އަފޫ ވިދާޅުވިއެވެ.
ޕީއެންސީގެ ފުރަަތަމަ އަމާޒަކަށްވީ 10,000 މެންބަރުން ހަމަކުރުމެވެ. އެ އަދަދު މިހާރު ހަމަވެފައިވާއިރު މިހާރު ދަފުތަރުގައި ތިބި 3,000 އަށްވުރެ ގިނަ މެންބަރުންނާާއެކު އެ ޕާޓީއަށް ސޮއިކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު 20,000 އަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ޕީޕީއެމް ތެރޭގައި މައްސަލަތައް ގޯސްވެ، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވަނީ ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. ޕާޓީގެ މުޢައްސިސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


