
--
ޑެންމާކުން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފި

އަހުމަދު ޒަލީފު - 10 އޮކްޓޯބަރު 2023 - 13:50
ޑެންމާކުން ފަލަސްތީނަށް ދޭ އެހީ ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް އަރައިގަނެ، އިސްރާއީލްގެ ގިނަ ބަޔަކު މަރާލައި، އެތައް ބަޔަކު ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ. އެއާ އެކު، އިސްރާއީލްގެ ސިފައިން ރުޅިގަދަވެ، ފަލަސްތީނުގެ ޣައްޒާ އަށް ވަނީ ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލައިފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 770 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 4،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ. މި ހަމަލާތަކުގައި 140 ކުޑަކުދިން ވެސް ޝަހީދުކޮށްލާފައިވެއެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލްގެ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ޑެންމާކްގެ އިތުރުން ޖަރުމަނާއި އޮސްޓްރިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފައެވެ. ޑެންމާކުން ވެސް ބުނީ ފަލަސްތީނަށް ދެމުން އައި ތަރައްގީއަށް ބޭނުންވާ އެހީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން