
އިމްޕޯޓް އެކްސްޕޯޓް މެދުވެރިކޮށް ހުސްވި މަހު ދައުލަތަށް 350 މިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2025 - 10:03
ހުސްވި މާޗް މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދަޢުލަތަށް 350 މިލިޔަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތަށް 350 މިލިއަން ރުފިޔާ އިމްޕޯޓް އެކްސްޕޯޓް މެދުވެރިކޮށް ލިބިފައިވަނީ ކަސްޓަމްސް މެދުވެރިކޮށެވެ.
ކަސްޓަމްސްގެ ހުސްވި މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިމްޕޯޓް އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް ވަނީ 350 މިލިއަން ރުފިޔާ ލިބިފައެވެ.
މިއަހަރުގެ މާރިޗުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު ވަނީ އެެއްހަމައެއްގައި ހިފެހެއްޓިފައެވެ.
2024 އަދި 2025 ވަނަ އަހަރުގެ މާރިޗުމަހު ދިވެހިރާއްޖެއަށް 4.4 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
ހުސްވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޔޫއޭއީ، ސިންގަޕޫރުގެ އިތުރުން ސްރީލަންކާ ހިމެނެއެވެ.
ހުސްވި މަހު ރާއްޖެ އިމްޕޯޓްކުރި މުދަލުގެ ނިސްބަތަށް ބަދަލެއް އައިސްފައިނުވި ނަމަވެސް ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވަނީ އިތުރުވެފައެވެ.
ހުސްވި މަހު ރާއްޖެއިން 204 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ތައިލެންޑް، ވިއެޓްނާމް، ބަންގްލަދޭޝްގެ އިތުރުން ޖަރުމަނުވިލާތް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން