logo

އުރީދޫއިން ރާއްޖޭގެ ބޮޑުބަޔަކަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

profile

ޒިދާން މުޙައްމަދު - 01 އޯގަސްޓު 2024 - 13:52

 އުރީދޫގެ 19 ވަނަ އަހަރީ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން

އުރީދޫގެ 19 ވަނަ އަހަރީ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގައި ހިންގަމުން އަންނަ މުއާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން، ރާއްޖޭގެ ބޮޑު ބަޔަކަށް 5ޖީގެ ޚިދުމަތް ދެމުން އަންނަކަން އިޢުލާންކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނިން އިޢުލާންކޮށްފައިވާ ގޮތުގައި، އުރީދޫގެ 5ޖީގެ ޚިދުމަތް މިހާރު ރާއްޖޭގެ 60 އިންސައްތަ ސަރަހައްދަށް ލިބޭނެއެވެ.

އުރީދޫއިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ ރާއްޖޭގެ 60 އިންސައްތައަށް މިއަދުން ފެށިގެން ލިބިގެންދާނެ ކަަމަށެވެ. އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ ތަޖުރިބާ ލިބިގެންދާނެކަންވެސް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.

އަހަރީ ދުވަހާ ގުޅުވައިގެް އެ ކުންފުނިން ވަނީ ލޯޔަލްޓީ ޕްރޮގްރާމް ނުޖޫމްވެސް ތައާރަފުކޮށްފައެވެ.

އުރީީދޫއިން ބުނީ، އެ ކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކޮށްފައި ވަނީ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ކަމަށެވެ. މިގޮތުން ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ދެވަނަ މުވާސަލާތީ ކުންފުނި ވަތަނިއްޔާ "އުރީދޫ"ގެ ނަމަށް ރީބްރޭންޑްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

އޭގެ އަށް އަހަރު ކުރިން ރާއްޖޭގައި ހިދްމަތް ދޭންފެށި ވަތަނިއްޔާއިން ރާއްޖޭގެ މުވާސަލާތީ ހިދްމަތްތަކަށް ވަނީ ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްފައެވެ. އެގޮތުން ކޯލް ރޭޓްތަކުގެ އަގު ހެޔޮކުރުމާއި، އާ ހިދްމަތްތައް ވަނީ ދިވެހިންނަށް ތައާރަފްކޮށްފައެވެ.

tel:+9607331319