logo

އުރީދޫގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައިފި

profile

ޒިދާން މުޙައްމަދު - 12 އޯގަސްޓު 2024 - 19:52

އުރީދޫގެ މައި މަރުކަޒު

އުރީދޫގެ މައި މަރުކަޒު

ރާއްޖޭގައި މުއާޞަލާތީ ޚިދުމަތްދޭ އުރީދޫގެ ބައެއް ޚިދުމަތްތަކަަށް ބުރޫއަރައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ އޮފިޝަލަކު ވަނީ އުރީދޫގެ ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިވެދާނެކަން ފާހަގަކުރައްވާފައެވެ. އަދި މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އުރީދޫގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރަކު އަސްލަށް ބުނީ، އުރީދޫގެ ޚިދުމަތަށް ބިލް ދެއްކުމުގައި ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ. އަދި އުރީދޫގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރުމަށްވެސް ދަތިތައް ދިމާވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އުރީދޫގެ ޚިދުމަތްތަކަށް ބުރޫ އެރި ނަމަވެސް، މައްސަލަ ހައްލުވާނެ ވަކި އިރެއް އެ ކުންފުނިން ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގައި މުއާޞަލާތީ ޚިދުމަތްދޭ އޮންނަނީ މައިގަނޑު ދެ ކުންފުންޏެވެ.

އެއީ ސަރުކާރުގެ ހިއްސާ އޮންނަ ދިރާގާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އުރީދޫއެވެ.

އުރީދޫއަކީ އެންމެ ފުރަތަމަ ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ޚިދުމަތްދެމުން އައި ފަރާތެކެވެ.

tel:+9607331319