logo

ހުޅުމާލެ ފޭސް ދޭއްގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

profile

ޒިދާން މުޙައްމަދު - 22 އޯގަސްޓު 2024 - 13:28

ހުޅުމާލޭ ފޭސް ދޭއްގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި، ފޭސް ދޭއް ސަރަހައްދުގެ އުރީދޫ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ހޯދައިދިނުމަށް ހުޅުވި މިސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ސެންޓަރު ހުންނާނީ ވިނަރެސް ޓަވަރެއްގެ ގްރައުންޑް ފްލޯގައެވެ.

އުރީދޫ މޯލްޑިވްއިން ބުނި ގޮތުގައި އެތަނުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭނެއެވެ.

މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއްކަންވެސް އުރީދޫން ފާހަގަކުރެއެވެ. އަދި އައު އެކްސްޕީރިއަންސް ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާމޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެއް ކަމަށްވެސް ބުންޏެވެ.

އުރީދޫގެ މިސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200 އަދި މެންދުރު 1300 އިން 1600 އަށެވެ.

tel:+9607331319