logo

އުރީދޫއިން އައިފޯން 16 ޕްރީ އޯޑަރ އަށް ހުޅުވާލައިފި

profile

ޝުރުފާ މުހަންމަދު - 20 ސެޕްޓެމްބަރު 2024 - 15:48

އުރީދޫއިން ވަނީ އައިފޯން 16 ގެ ޕްރީ އޯޑަރ އަށް ހުޅުވާލާފައި---

އުރީދޫއިން ވަނީ އައިފޯން 16 ގެ ޕްރީ އޯޑަރ އަށް ހުޅުވާލާފައި---

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 16 ޕްރީ އޯޑަރކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އޮންލައިން ލިންކެއް މެދުވެރުކޮށް، އައިފޯން 16 އަށް ޕްރީ އޯޑަރކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލީ ރޭގަ އެވެ.

އައިފޯމް 16 ގެ ލައިންއަޕްއިން ޕްރީ އޯޑަރ އަށް ހުޅުވާލާފައި ވަނީ އައިފޯން 16 ޕްރޯ އާއި ޕްރޯ މެކްސް އަށެވެ. އޭގެ ތެރެއިން އައިފޯން ޕްރޯގެ 256 ޖީބީ އަދި އެޕަލް އިން ނެރެފައިވާ 3 ކުލަ ލިބޭއިރު، އައިފޯން 16 ޕްރޯގެ 256 ޖީބީ އަދި 512ޖީބީ އިން ވެސް އެ ތިން ކުލަ ލިބެން އެބަހުއްޓެވެ.

އުރީދޫއިން ޕްރީ އޯޑަރއަށް ހުޅުވާލި ފޯނުތަކުގެ އަގުތަކަކީ:

  • އައިފޯން 16 ޕްރޯ - 24،899 ރުފިޔާ

  • އައިފޯން 16 ޕްރޯ މެކްސް - 27،199 ރުފިޔާ

އުރީދޫއިން ބުނީ ގަންނަ ކޮންމެ ފޯނަކާއެކު 100ޖީބީގެ ޑާޓާ ހިލޭ ލިބޭނެ ކަމަށެވެ. އަދި މަންތްލީ އިންސްޓޯލްމަންޓަށް ފޯނު ނެގުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.

އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.3 އިންޗީގެ އައިފޯން 16 ޕްރޯ އަދި 6.9 އިންޗީގެ އައިފޯން 16 ޕްރޯ މެކްސް އެވެ.


tel:+9607331319