logo

އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑަށް ފުރުސަތު ހުޅުވާލައިފި

profile

އައިޝަތު ޝާނީ - 23 މޭ 2023 - 17:14

އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވައިލްޑް ކާޑް އަކީ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ. އެއީ 100،000ރ ގެ ފައިސާގެ އިނާމު ލިބޭ ރައުންޑެކެވެ.

މިއީ އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް މުބާރާތެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންޓެންޑާ ކޮލިފައިން ސިލްސިލާއެއް ބާއްވާ މިހާރު ވަނީ 9 ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފައެވެ.

މޭ 25 ވަނަ ދުވަހުގެ ދަންވަރު 12 ގެ ކުރިން ވައިލްޑް ކާޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން http://ore.do/pubgwildcard މެދުވެރިކޮށް ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ.

އުރީދޫން މައުލޫމާތު ދީފައިވާގޮތުގައި، ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެއެވެ. މޭ 26 ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މޭ 25 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕަބްޖީ މުބާރާތެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރާއިރު 9 ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަތައް ލިބޭނެއެވެ.

މި މުބާރާތަށް ގިނަ ބައެއްގެ ސަޕޯރޓް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

tel:+9607331319