logo

އުރީދޫގެ މަސް ރޭސް މިފަހަރު ތިން ރަށެއްގައި!

profile

އާމިނަތު ޝަފާ - 18 ޖުލައި 2024 - 15:16

އުރީދޫގެ މުވައްޒަފުން

އުރީދޫގެ މުވައްޒަފުން

އުރީދޫގެ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސް ރޭސް މިފަހަރު ކުރިއަށްގެންދާނީ ކ. ހިންމަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ގދ. ތިނަދޫގައެވެ.

ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރެވޭނީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 މެމްބަރުންނާއި 12 މެމްބަރުން ހިމެނޭ ޓީމުތަކަށެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ތިން ރަށެއްގައި މި އަހަރުގެ އުރީދޫ މަސްރޭސް ބާއްވަން ނިންމީ މި ރޭހުގެ ފޯރި އާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭންކަމަށެވެ. އަދި މި ރޭހަކީ ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ މުބާރާތެއްކަން ފާހަގަކޮށް މި މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އޭނާ ގޮވާލެއްވިއެވެ.

މި މުބާރާތަށް ޖުމްލަ 126،000ރ. ވަނީ ހުށަހަޅައިފައިވާއިރު އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރުފިޔާއެވެ. ދެ ވަނަ އަށް 10،000 ރުފިޔާ އަދި ތިން ވަނަ ޓީމަކަށް ހުށަހަޅާފައި ވަނީ 5000 ރުފިޔާއެވެ. އެންމެ މޮޅު މަސްވެރިޔާއަށް 1000ރުފިޔާ އަދި އެންމެ މޮޅު ފިޝާވުމަން އަށް ވެސް 1000ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ.

tel:+9607331319