logo

އުރީދޫ މަސް ރޭސް: ޗެމްޕިއަންކަން ސިފްކޯއަށް

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 12:57

އުރީދޫ މަސްރޭހުގެ ތެރެއިން

އުރީދޫ މަސްރޭހުގެ ތެރެއިން

އުރީދޫ މަސް ރޭސް 2024 ކ. ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ ޓީމުން ހޯދައިފިއެވެ.

އުރީދޫއިން ބުނީ ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ގިނަ އެވޯޑުތަކެއް ދީފައިވާ ކަމަށެވެ. ސިފްކޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 999.35 ޕޮއިންޓާ އެކުގައެވެ.

މަސް ރޭސް މިފަހަރު ކުރިއަށްގެންދާނީ ކ. ހިންމަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ގދ. ތިނަދޫގައެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ތިން ރަށެއްގައި މި އަހަރުގެ އުރީދޫ މަސްރޭސް ބާއްވަން ނިންމީ މި ރޭހުގެ ފޯރި އާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭންކަމަށެވެ.

މި މުބާރާތަށް ޖުމްލަ 126،000ރ. ވަނީ ހުށަހަޅައިފައިވާއިރު އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރުފިޔާއެވެ. ދެ ވަނަ އަށް 10،000 ރުފިޔާ އަދި ތިން ވަނަ ޓީމަކަށް ހުށަހަޅާފައި ވަނީ 5000 ރުފިޔާއެވެ. އެންމެ މޮޅު މަސްވެރިޔާއަށް 1000 ރުފިޔާ އަދި އެންމެ މޮޅު ފިޝާވުމަން އަށް ވެސް 1000ރުފިޔާ ދޭނެއެވެ.

tel:+9607331319