logo

ޖުލައި މަހު އިންޕްލޭޝަން މައްޗަށް ހިނގައްޖެ

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 11:09

މުދަލާއި ހިދުމަތުގެއަގު ޖުލައި މަހު ވަނީ އުފުލިފައި - ފޮޓޯ އަސްލު

މުދަލާއި ހިދުމަތުގެއަގު ޖުލައި މަހު ވަނީ އުފުލިފައި - ފޮޓޯ އަސްލު

މިއަހަރުގެ ޖުލައިމަހު ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މައްޗަށް ހިނގައްޖެއެވެ.

މޯލޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހު އަގުތައް ވަނީ 1.43އިންސައްތަ އިތުރުވެފައެވެ.
އަދި ޖުލައި މަހު އަގުތައް ވަނީ 0.10 އިންސައްތަ އުފުލިފައެވެ.

އިންފްލޭޝަން މަތިވީ ތަކެއްޗާއި ހިދުމަތްތަކަށް ބަލާއިރު ކަނޑުމަހުން 2.06 އިންސައްތަ، ތަރުކާރީން 2.11 އިންސައްތަ، ކިރު، ބިސް އަދި އެބާވަތުގެ އުފެއްދުންތަކުން 0.82 އިންސައްތަ އަދި ވައިގެ ދަތުރުފަތުރުތަކުން 0.28 އިންސައްތަވަނީ އުފުލިފައެވެ.

އެހެން ފަހަރުފަހަރާ ހިލާފަށް މުވާސަލާތީ ހިދުމަތުގެ އަގުވަނީ 2.10 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ކަރަންޓުގެ ހިދުމަތް 0.23 އިންސައްތަ ދަށަށް ގޮސްފައިވާއިރު ފެނުގެ ހިދުމަތުން 0.57 އިންސައްތަވަނީ ދަށަށް ގޮސްފައެވެ.

އިންފްލޭޝަން އަކީ މުދަލާއި، ޚިދުމަތްތަކުގެ އަގު ވަކި މުއްދަތެއްގެ ތެރޭގައި ޖުމްލަ ގޮތެއްގައި އުފުލުމެވެ. ކުރުކޮށް ބުނާނަމަ އިންފްލޭޝަން އަކީ މުދަލާއި ޚިދުމަތްތައް ހޯދުމަށް ޚަރަދުކުރަން ޖެހޭ ފައިސާ އިތުރުވުމެވެ.

ޖުލައިމަހު ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މައްޗަށް ދިޔަކަމަށް ރިޕޯޓުން ދެއްކި އިރު މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

tel:+9607331319