logo

އެލައިޑް ލައިފް ޕްރޮމޯ: ލައިފް އިންޝުއަރަންސް ނަގަން ރަނުގެ ފުރުސަތެއް

profile

ޒިދާން މުޙައްމަދު - 01 ސެޕްޓެމްބަރު 2024 - 18:58

އެލައިޑް އިންޝުއަރަންސުން ލައިފް އިންޝުއަރަންސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިިފިއެވެ.

"އެލައިޑް ލައިފް ޕްރޮމޯޝަން" ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ދަށުން، އެލައިޑުން ލައިފް އިންޝުއަރަންސް ނަގާ ފަރާތްތަކަށް، ފުރަތަމަ މަހު ދައްކަންޖެހޭ އިންޝުއަރެންސަށްވާ އަދަދުގެ ނުވަތަ ޕްރިމިއަމްގެ ދެބައިކުޅަ އެއްބައި ދައްކައިދޭނީ އެލައިޑްގެ ފަރާތުންނެވެ. އަނެއްބައި ދައްކަންޖެހޭނީ އިންޝުއަރެންސް ނަގާ ފަރާތުންނެވެ.

އެލައިޑްގެ ލައިފް އިންޝުއަރެންސް ޕޮލިސީތަކަކީ މަހުންމަހަށް ނުވަތަ އަހަރުން އަހަރަށްވެސް ޕްރީމިއަމް ދެއްކޭ ގޮތަށް އެކުލަވާލާފައިވާ ޕޮލިސީތަކެކެވެ.

މިއަދު ލޯންޗްކުރި ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ގަންނަ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންއާ ބެހޭ މައުލޫމާތު މީޑިއާއާއި ހިއްސާކުރައްވަމުން، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި މާކެޓިންގ މެނޭޖަރ އައިޝަތު ސުދާ ވިދާޅުވީ، ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ 1 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ. މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިންގ ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދައި، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

އެގޮތުން މިދިޔަ ދެ އަހަރެކޭވެސް އެއްގޮތަށް ހުޅުމާލޭގައި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ ހަވީރަކީ "އެލައިޑް ފެސްޓު" ގެ ނަމުގައި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށް ބާއްވާ ހަވީރެކެވެ. މަޖާ އަދި އުފާވެރި މާހައުލެއް ކަށަވަރުކޮށްދޭނެ "އެލައިޑް ފެސްޓު" ގައި ހިނގާނެ ހަރަކާތްތަކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކިއެކި ކުޅިވަރުތަކާއި އިނާމު ލިބޭނެ ހަރަކާތްތައް ހިމެނެވެ.

އެލައިޑުން ހުށަހަޅާ އެކިއެކި ލައިފް ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތުގެ އިތުރުން އެލައިޑް އިސްލާމިކް ވިންޑޯއިން ފޯރުކޮށްދޭ ފެމެލީ ޕްލޭންސްއަށް ހާއްސަ ބޫތުތަކެއްވެސް އެތަނުގައި ހުންނާނެއެވެ.

"އެލައިޑް ފެސްޓު" ގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށްގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފައެވެ.

އެލައިޑާއި އެލައިޑްގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއަކީ އެކި ހާލަތްތަކަށް ހާއްސަކޮށްގެން ފެމިލީ އަދި ލައިފް ޕްލޭންތައް ރާއްޖޭގައި ހަމައެކަނި ފޯރުކޮށްދޭ ފަރާތެވެ.

އިންޝުއަރެންސަކީ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓަކަށް ވާއިރު މުސްތަގުބަލަށް ތައްޔާރުވުމާއި އާއިލާއަށް މުސްތަގުބަލުގައި މާލީ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ޕްލޭންތަކުން އެހީތެރިވެދެއެވެ.

އެލައިޑް އިންޝުއަރެންސަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އިންޝުއަރެންސްގެ ހިދުމަތް ދެމުންދާ ކުންފުނި. އާންމު ފަރުދުންނާއި އާއިލާތަކަށް ހާއްސަކޮށް، އެކިއެކި ހާލަތްތަކުގައި ކަސްޓަމަރުންނަށް ފައިދާ ކުރާނެ ފަދަ ޕްލޭންތައް އެލައިޑުން ހުށަހަޅައެވެ.

މި ޕްލޭންތަކުގެ ބޭނުން ހިފުމަކީ އާއިލާގެ މުސްތަގުބަލަށާއި ލާބައަށް ކުރެވޭ ވަރަށް އަގުހުރި އިންވެސްޓްމަންޓަކަށް ވާނެއެވެ.

މިޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯދޭނެކަން އެލައިޑުން ފާހަގަކުރެއެވެ.


tel:+9607331319