logo

އެލައިޑުން ލައިފް އިންޝުއަރެންސްގެ މައުލޫމާތު ދިނުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 20:15

އެލައިޑް އިންށުއަރެންސްގެ ހަރަކާތުގެ ތެރެއިން

އެލައިޑް އިންށުއަރެންސްގެ ހަރަކާތުގެ ތެރެއިން

އެލައިޑް އިންޝުއަރެންސްގެ ލައިފް އިންޝުއަރެންސް މައުލޫމާތު ދިނުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

"އެލައިޑް ފެސްޓް" މިނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައިވަނީ ލައިފް އިންޝުއަރެންސްގެ މައުލޫމާތުތައް ގެނެސްދީފައެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން އެލައިޑް އިންޝުއަރެންސް ލައިފް ޑިޕާޓްމަންޓް އެސިސްޓެންޓް އޮފިސަރ ދަހާއު އަޝްރަފް (ދަހާ) ވިދާޅުވީ އާއިލާތަކަށް ހާއްސަ ޕެކޭޖުތަކެއް ހުރުމުން އެ މައުލޫމާތު ދީފައިވާކަމަށެވެ.

"އެލައިޑް މިވަގުތު ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ލައިފް އިންޝުއަރެންސް ނެގުމުން، ޕްރިމިއަމް ދެއްކުމުން ލިބޭ 50 އިންސައްތަ ޑިސްކައުންޓުގެ ތަފްސީލު ފޯރުކޮށްދީފައިވާނެ." ދަހާއު އަޝްރަފް

މީގެއިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯގެ ޕްރޮމޯޝަންތަކުގެ މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއާއި، އިންވެސްޓްމަންޓް ތަކާފުލްއަށް ހާއްސަ އިސްކަމެއްވަނީ ދީފައެވެ.

ލައިފް އިންޝުއަރެންސްގެ ސޭވިން ޕްރޮޓެކްޝަން އޭސްޕެކްޓު އެކުލެވޭ މައިގަނޑު 4 ޕްލޭނުގެ ތެރޭގައި ކަމަނަ ޕްލޭންއާއި، ސެކަންޑްރީ އެކްސްޕެންސް ޕްލޭންގެ އިތުރުން ރަންރޭރު އަދި ކޭޝް ބެކް ޕްލޭން ހިމެނެއެވެ.

tel:+9607331319