logo

ޣައްޒާއަށް އެހީ ހިފައިގެންދާ ގާފިލާ ރައްކާތެރިކޮށްދިނުމަށް ރާއްޖެއާއި ގިނަ ގައުމުތަކުން ގޮވާލައިފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2025 - 00:00

ޣައްޒާއަށް އެހީ ހިފައިންދާ ގްލޯބަލް ސުމުދު ފްލޮޓިލާގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދިވެހިރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ.

https://wamco.com.mv/

މި ބަޔާން ނެރެފައިވަނީ ދިވެހި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އަޔަލޭންޑް، ލީބިޔާ، މެލޭޝިއާ، މެކްސިކޯ، ޕާކިސްތާން، ގަތަރު، އޮމާން، ސްލޮވޭނިއާ، ދެކުނު އެފްރިކާ، ސްޕެއިން، އަދި ތުރުކީ ގުޅިގެންނެވެ.

މި ބަޔާނުގައި ވަނީ އެ ގައުމުތަކުގެ ރައްޔިތުން ބައިވެރިވާ މަދަނީ ޖަމިއްޔާތަކުގެ އިސްނެގުމެއް ކަމަށްވާ ގްލޯބަލް ސުމުދު ފްލޮޓިލާގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާއިން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ފަލަސްތީނުގެ ރައްޔިތުންގެ އަވަސް އިންސާނީ ބޭނުންތަކާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ޖެހޭ ކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދު އަންގާފައެވެ.

މި ދެ މަގުސަދުވެސް، ސުލްހައާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނީ ޤާނޫނު ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމް ކުރުމަކީ، ބަޔާން ނެރުނު ގައުމުތަކުގެ ސަރުކާރުތަކުން ހިއްސާކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ފްލޮޓިލާއާ ދެކޮޅަށް ޤާނޫނާ ޚިލާފު ނުވަތަ އެ ފަރާތްތަކުގެ ސަލާމަތަށް ގެެއްލުން ލިބޭ ހުރިހާ އަމަލަކުން ދުރުހެލިވެ، ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަށް އިޙްތިރާމް ކުރުމަށް އެ ބަޔާނުގައި ވަނީ މުޅި ދުނިޔެއަށް ގޮވާލާފައެވެ.

ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އެ ގާފިލާގެ އުޅަނދުތަކަށް ހަމަލާދިނުމާއި ގަވާއިދާ ހިލާފަށް އެ ގާފިލާގެ ބައިވެރިން ބަންދުކޮށް، ބައިނަލްއަގްވާމީ ގާނޫނާއި ފްލޮޓިލާގެ ބައިވެރިންގެ އިންސާނީ ހައްގުތަކާ ހިލާފުވުމަކީ ޖަވާބުދާރީވުމަށް މަގުފަހިވާނެ ކަމެއްކަ ހަނދާންކޮށްދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބައިނަލްއަގްވާމީ ގިނަ ޖަމާއަތްތަކާއި ޖަމުއިއްޔާތަކުން ގޮވާލަމުންދާއިރު، މިހާތަނަށް އިސްރާއީލުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާގައި މިހާތަނަށް 64 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ޝަހީދުވީ މީހުންގެ އަދަދު އުޅެނީ 1 ލައްކަ 62 ހާހުން މަތީގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay