
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް : އަމިއްލަ ލޮލާއި އެހެންމީހުންގެ ލޯދެކެ ވެސް ލޯބިވާންޖެހޭ

ޝަހްޒާ މުޙައްމަދު - 09 އޮކްޓޯބަރު 2025 - 13:37
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ދެވަނަ ބުރާސްފަތި ދުވަހަކީ ދުނިޔޭގެ ލޮލަށްފެނުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާދުވަހެކެވެ. މި ދުވަހަކީ ލޮލުގެ ސިއްހަތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރެވޭ ދުވަހެކެވެ. އޮގޮތުން މިއަހަރުގެ ޝިޢާރަކީ 'ލަވް ޔުއާ އައިސް – ޕުޓިން ޕީޕަލް އެޓް ދަ ހާޓް އޮފް އައި ހެލްތު' އެވެ. މިއީ ހަމައެކަނި އަމިއްލަ ލޯ ބެލެހެއްޓުމަށް ބާރުއަޅާ ގޮވާލުމެއް ނޫނެވެ. މިއީ ކޮންމެ މީހަކަށްވެސް ލޮލުގެ ފަރުވާ ލިބޭނެކަން ކަށަވަރުކުރުމަށް ކުރެވޭ ވައުދެކެވެ.
ދުނިޔޭގެ ފެންވަރުގައި މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދުތައްކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ތެރޭގައި ލޮލުގެގެ ބަލިތައް އަވަހަށް ދެނެގަތުމާއި، ލޮލުގެ ހާއްސް ޑޮކްޓަރުން ތަމްރީނުކުރުމާއި، އަތްފޯރާފަށުގެ އަގުތަކެއްގައި ފަރުވާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އެކަހެރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ސިޔާސަތުތަކުގައި ލޮލުގެ ފަރުވާއަށް އިސްކަންދިނުމަށް ވަކާލާތުކުރުން ހިމެނެއެވެ.
މުޅި ދުނިޔޭގައި މަދުވެގެން 2.2 ބިލިއަން މީހުން ދުރު ނުވަތަ ކައިރިއަށް ފެނުމުގެ މައްސަލަތަކާ ކުރިމަތިލަމުންދެއެވެ. މީގެ ތެރެއިން 1 ބިލިއަން މައްސަލައަކީ ފަރުވާ ލިބިދާނެ ނުވަތަ ހުއްޓުވިދާނެ މައްސަލަތަކެވެ. ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިޔާ ސަރަޙައްދުގައި އެކަނި ވެސް ދުނިޔޭގެ ލޮލުގެ ފެނުމަށް ހުރަސްއެޅޭ ބަލިތަކުގެ 30 އިންސައްތަ ހިމެނޭކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
ލޮލުގެ ޞިއްޙަތަކީ މުޅި ހަށިގަނޑުގެ ޞިއްޙަތާ ގުޅިލާމެހިފައިވާ ކަމެކެވެ. ލޯ ޗެކްކުރުމުގެ ތެރެއިން ލޭގެ ޕްރެޝަރ، ހަކުރުބަލި އަދި އެހެނިހެން ނުރައްކާތެރި ބަލިތައް ދެނެގަނެވިދާނެއެވެ. އެހެންކަމުން، ލޮލުގެ ފަރުވާއަކީ ހަމައެކަނި ޒީނަތްތެރިކަމަށް ކުރާކަމެއް ނޫނެވެ. މިއީ ޞިއްޙީގޮތުން ވަރަށް މުހިންމު ކަމެކެވެ.
ޒަމާނަށް އައި ބަދަލުތަކާއި އެކު މިހާރު ދިމާވަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިޖިޓަލް ސްކްރީންތަކުގެ ބޭނުންކުރުން އިތުރުވުމާ ގުޅިގެން ލޮލަށް ކުރާ ނޭދެވޭ އަސަރުތަކެވެ. ހާއްސާކޮށް ކުޑަކުދިންނާއި ސްކްރީން ދޮށުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އާންމު ކަންކަމުގެ ތެރޭގައި ލޯ ހިކުމާއި،ފެނުމަށް ބަދަލުއައުން ހިމެނެއެވެ.
ލޯ ބެލެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް:
- ގަވާއިދުން ލޯ ޗެކްކުރުން
- ކުޑަކުދިންގެ ލޯ އަވަހަށް ޗެކްކުރުން
- އަވިއައިނު އެޅުން
- ދިގު މުއްދަތުގެ ބަލިތައް ކޮންޓްރޯލްކުރުން
- ލޮލަށް ފައިދާހުރި ކާނާ ކެއުން
- ލޮލުގެ ބަލިތަކުގެ އަލާމާތްތަކަށް ސަމާލުވުން
- ފެނުމަށް ބަދަލު އަންނަނަމަ ލަސްނުކޮށް ފަރުވާ ހޯދުން
ރާއްޖޭގައި ސިއްޙަތައްދޭ އަހަމިއްޔަތުކަން އިތުރުވެފައިވާ މިދަނޑިވަޅު ލޮލުގެ ތަފާތު ފަރުވާތައްވެސް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރު ވަނީ ހިލޭ އައިނު ހެދޭނެ ނިޒާމެއް ތައާރަފްކޮށް ފިހާރައެއް ގާއިމްކޮށްފައެވެ. އަދި މިހާރު އައިޖީއެމް ހޮސްޕިޓަލުގައިވަނީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތްދޭން ފަށާފައެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހު ފާހަގަކޮށްލަންވީ އެއްކަމަކީ ލޮލުގެ މައްސަލަތަކަކީ ފަރުވާކުރެވޭނެ ނުވަތަ ރައްކާތެރިވެވޭނެ ކަންކަންކަމެވެ. ލޮލުގެ ސިއްޙަތައް އަހައްމިއްޔަތުކަން ދީ، "ލޯދެކެ ލޯބިވުމުގެ" މުހިންމުކަން ވިސްނަންޖެހެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ.