
ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހޯދުން މުހިންމު: މެޑަމް

ޝަހްޒާ މުޙައްމަދު - 14 ނޮވެމްބަރު 2025 - 11:56
ރަނގަޅު ސިއްހީ އާދަތަކުގެ މަޢުލޫމާތު ހޯދައި، އެ އާދަތައް އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިގޮތަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ސިއްހަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން ކަމަށެވެ. އަދި ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ސިއްހި އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ގުޅިގެން މަސައްކަތްކޮށްފިނަމަ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 14 ވަަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަކުރު ބަލިން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދުމެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
6 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
9 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
9 ގަޑިއިރު ކުރިން


.gif&w=3840&q=75)