logo

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 16:07

ވޭތުވެދިޔަ ހަފުތާގައި އެމްޕީއެލް އިން 44،170 އަށްވުރެ ގިނަ ކޭސްގެ މުދާ ކްލިއާކޮށްފިއެވެ،

https://wamco.com.mv/

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ.

މީގެ އިތުރުން ފިޔާ، އަލުވި، ކަރާ، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް، ސްވީޓް މެލަން، އަލަނާސި އަދި ބަރަބޯ ހިމެނޭހެން ގިނަ އަދަދެއްގެ މުދާ މިދިޔަ ހަފުތާގައި ވަނީ ބަނދަރުން ނެރެފައެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކްލިއާކުރި މުދަލުގެ ތެރޭގައި ހިމެނެނީ 41,929 ކޮންޓެއިނަރު އުޅަނދުގެ މުދަލާއި 2,241 ޖެނެރަލް ކާގޯ އުޅަނދުގެ މުދަލެވެ. އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި 1,450 ކޮންޓެއިނަރު އުޅަނދާއި 418 ޖެނެރަލް ކާގޯ އުޅަނދަކުން މުދާ ހުސްކޮށްފައިވެއެވެ.

ބަނދަރަށް އުޅަނދުފަހަރު ކައިރިކުރި މިންވަރަށް ބަލާއިރު، ފާއިތުވި ހަފުތާގައި 2 ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު، 3 އުޅަނދެއް ވަނީ ފުރާފައެވެ. އަދި 4 ޖެނެރަލް ކާގޯ އުޅަނދަކުން މުދާ ކްލިއާކޮށްފައިވާއިރު، 3 އުޅަނދެއް ވަނީ މުދާ ބޭލުމަށްފަހު ފުރައިގެން ގޮސްފައެވެ.

އެމްޕީއެލް އިން އަންނަނީ ކޮންމެ ހަފުތާއަކުވެސް ބަނދަރުގެ އޮޕަރޭޝަންތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk